"ދެން ހުއްޓާލަމާ" ކެމްޕޭން ކާމިޔާބުކުރުމަށް މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވޭ: ގީލާ

އާމިނަތު ޝަޒްލާ - 20 އޯގަސްޓު 2026 - 11:59
ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ، ދުޅަހެޔޮ ރާއްޖެއަކަށް ވާސިލުވުމަށްޓަކައި ސަރުކާރުން ފަށާފައިވާ ފަސް އަހަރު ދުވަހުގެ ޤައުމީ ކެމްޕޭން "ދެން ހުއްޓާލަމާ" ކާމިޔާބުކުރުމަށް މުޅި މުޖުތަމައުގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ބޭނުންވާކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކެމްޕޭނަކީ މި ސަރުކާރުން ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށާއި، ދުންފަތުގެ ވަބާއިން ޖީލުތައް ސަލާމަތްކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ފައްޓަވާފައިވާ މުހިންމު ހަރަކާތެކެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ދެން ހުއްޓާލަމާ ކެމްޕޭނާ ގުޅޭގޮތުން، ކަމާގުޅުންހުރި އިދާރާތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުން ފަށްޓަވައިދެއްވަމުން ވަޒީރު ވިދާޅުވީ، ދުންފަތުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަކީ ހަމައެކަނި ސަރުކާރުގެ ވަކި މުއައްސަސާއަކުން ކުރާ މަސައްކަތުން އެކަނި ހާސިލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން، ކޮންމެ ފަރުދަކާއި، އާއިލާތަކާއި، ސްކޫލްތަކާއި އަދި މަދަނީ ޖަމްޢިއްޔާތައް ހިމެނޭހެން މުޅި މުޖުތަމައު ގުޅިގެން މިކަމުގައި މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ފަސް އަހަރުގެ މުއްދަތަކަށް އަމާޒުކޮށްގެން ފަށާފައިވާ "ދެން ހުއްޓާލަމާ" ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނުރައްކާތެރިކަމާމެދު ރައްޔިތުން ހޭލުންތެރިކުރުވުމާއި، ދުންފަތް ބޭނުންކުރާ ފަރާތްތަކަށް އެ އާދަ ދޫކޮށްލުމަށް ބޭނުންވާ އެހީތެރިކަމާއި ފަރުވާ ފޯރުކޮށްދިނުމެވެ. އަދި ޒުވާނުންނާއި ކުޑަކުދިން މި ނުރައްކާތެރި ވަބާގެ ތެރެއަށް ވަނުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީވެސް މި ކެމްޕޭނުގެ މުހިންމު އަމާޒެކެވެ.
ސަރުކާރުން މިހާރުވެސް ދަނީ ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ޤާނޫނީ ގޮތުންނާއި އަމަލީ ގޮތުން ގިނަގުނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެހެންކަމުން، މި ޤައުމީ މަސައްކަތުގައި އެންމެހައި ރައްޔިތުން އެއްބާރުލުން ދެއްވައި، ދުންފަތުން ރައްކާތެރިވެފައިވާ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޓީޖީއެސްޓީއަށް ލިބުނު ކުރިއެރުމާއެކު ދައުލަތުގެ އާމްދަނީއާ ހިލޭ އެހީއަށް 10.4 ގެ އިތުރުވުމެއް!
44 މިނިޓު ކުރިން

ކޮންސިއުމަރ ޕްރޮޓެކްޝަން އަދި ޑިއު ޑިލިޖެންސް ގަވާއިދަށް ޚިޔާލު ހޯދަން އެމްއެމްއޭއިން ހުޅުވާލައިފި
2 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ދިގުރަށު އެމްއެންޔޫ ރީސާޗް ފެސިލިޓީއާއި ސްކޫލް އިމާރާތުގެ ސާމާނު އެރަށަށް ގެންގޮސްފި
3 ގަޑިއިރު ކުރިން
.webp&w=3840&q=75)
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ހުއްޓުމެއްނެތި ކުރިއަށް: އެމްއެންޑީއެފް
3 ގަޑިއިރު ކުރިން


