logo

ދިގުރަށު އެމްއެންޔޫ ރީސާޗް ފެސިލިޓީއާއި ސްކޫލް އިމާރާތުގެ ސާމާނު އެރަށަށް ގެންގޮސްފި

profile

އާމިނަތު ޝަޒްލާ - 20 އޯގަސްޓު 2026 - 11:13

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން އދ. ދިގުރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ރީސާޗް ފެސިލިޓީ އަދި 3 ފަންގިފިލާގެ ސްކޫލް އިމާރާތުގެ އަމަލީ މަސައްކަތަށް ބޭނުންވާ ސާމާނު އެރަށު ސައިޓަށް ގެންގޮސްފިއެވެ.

https://wamco.com.mv/

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އެގޮތުން، ޕްރޮޖެކްޓަށް ބޭނުންވާ މުހިންމު ސާމާނު މިހާރު ވަނީ ކާމިޔާބުކަމާއެކު ދިގުރަށުގެ ސައިޓަށް ގެންދެވިފައެވެ.

undefined

ދިގުރަށުގައި ޤާއިމުކުރެވޭ އެމްއެންޔޫގެ ރީސާޗް ފެސިލިޓީއަކީ އެ ސަރަޙައްދުގެ ތިމާވެއްޓާއި ކަނޑުގެ ދިރުންތަކާ ގުޅޭގޮތުން އިލްމީ ދިރާސާތައް ކުރުމަށް މަގުފަހިވެގެންދާނެ މުހިންމު މަރުކަޒެކެވެ. މީގެއިތުރުން، އެރަށުގައި އަލަށް އިމާރާތްކުރެވޭ 3 ފަންގިފިލާގެ ސްކޫލް އިމާރާތުގެ ސަބަބުން، ދިގުރަށުގެ ދަރިވަރުންނަށް ޖާގައިގެ ދަތިކަމެއް ނެތި ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މި މަޝްރޫޢުތަކުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އަވަހަށް ނިންމުމަށްޓަކައި އާރްޑީސީން އަންނަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319