logo
އުރީދޫއިން އިއްޔެ ސަލްމާން މިސްކިތުގައި ކުރިއަށް ގެންދިޔަ ކޮމިއުނިޓީ އިފްތާރުގެ ތެރެއިން -  ފޮޓޯ: އުރީދޫ

އުރީދޫއިން އިއްޔެ ސަލްމާން މިސްކިތުގައި ކުރިއަށް ގެންދިޔަ ކޮމިއުނިޓީ އިފްތާރުގެ ތެރެއިން - ފޮޓޯ: އުރީދޫ

އުރީދޫން ކޮންމެ ހުކުރު ދުވަހަކު އާންމުންނަށް ރޯދަވީއްލުން

profile

ޔޫޝައު ހަސަން - 25 މާރިޗު 2023 - 12:28

އުރީދޫ މޯލްޑިވްސް އިން ކޮންމެ ހުކުރު ދުވަހަކު އާންމުކޮށް ހުޅުވާލައިގެން ރޯދަވީއްލުމެއް ދޭން ނިންމައި އިއްޔެ މިހަރަކާތް ފަށައިފިއެވެ.

https://wamco.com.mv/

ސަލްމާން މިސްކިތުގައި އިއްޔެ އުރީދޫން މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް ފެށި "ކޮމިއުނިޓީ އިފްތާރު" ހަރަކާތުގެ ދަސުން އާންމުންނަށް ރޯދަ ވީއްލުމެއް ދީފައިވާއިރު އެކަމަށް ގިނަ ބައެއްގެ ތަރުހީބުވެސް ވަނީ ލިބިފައެވެ.

އުރީދޫއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މި ރޯދަ ވީއްލުމަށް ކާއެއްޗިހި ފޯޜުކޮށްދެނީ ލެސޫ ރެސްޓޯރަންޓުންކަމަށް އުރީދޫން ބުނެއެވެ.

މި ހަރަކާތަކީ ރޯދަމަހަކީ އެކަކު އަނެކަކަށް އެހީތެރިވެދީ، ސަދަގާތްކުރުން އިތުރު ކުރަންވީ މަހަކަށް ވުމުން އެކަމު މިސާލު ދައްކައި އެހީތެރިވެދިނުމުގެ މަގްސަދުގައި އުރީދޫއިން ކުރިއަށްގެންދާ ހަރަކާތެއް ކަމުގައި އެ ކުންފުނިން ބުނެއެވެ،

ކޮމިއުނިޓީ އިފްތާރުގެ ނަމުގައި އުރީދޫން ރޯދަ ވީއްލުން ކުރިއަށް ގެންދާއިރު އެ ކުންފުނިން ވަނީ މިޝަން ފޯ މައިގްރޭޏްޓް ވޯކާސްއާއި ގުޅިގެން އެމްފައިސާ މެދުވެރިކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންނަށް މީލްޕެކް ހަދިޔާކުރެވޭނެ ގޮތްވެސް ހަދައިފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay