ޞަފާގެ ޢުމްރާވެރިން ފުރުވާލަން ފްލައިޓެއް ޗާޓަރު ކުރަނީ
އަހުމަދު ޒަލީފު - 07 އޭޕްރީލު 2023 - 16:01
ޞަފާ ގުރޫޕުގެ ޢުމްރާ ވެރިންނަށް ވަނީ ފުރުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުން
އަލްސަފާ ހައްޖު އެންޑް އުމްރާ ގްރޫޕް މެދުވެރިކޮށް އިއްޔެ ހެނދުނާއި ރޭ ސައުދީ އަރަބިއްޔާއަށް ފުރާން ހަމަޖެހިފައި ތިބި އުމްރާވެރިންނަށް ވަކި ޗާޓާޑް ފްލައިޓެއް ބާއްވައިގެން ފުރުވާލުމުގެ މަސައްކަތް ކުރަމުންދާކަަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ މި ރޯދަ މަހު އުމްރާއަށް ދިއުމަށް ސަފާއަށް ލާރި ދެކި މީހުން ރޯދަ މަހުގެ ފަހު 10 ގެ ކުރީން މައްކާއަށް ގެންދިއުމަށް އެ ގުރޫޕަށް އަންގާފައިވާ ކަމަށެވެ. އެކަން އެ ގޮތަށް ނުކޮށްފިނަމަ އެ ގުރޫޕާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެއް ކަމެއްގެ ގޮތުން ފުލުހަށް މައްސަލަ ހުށައަޅާ އެ ގުރޫޕްގެ މައްސަލަ ބަލާނެ އެވެ. އަދި ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ ފުރުސަތު އެ ގުރޫޕަށް ނުދޭން ނިންމާ "ބްލެކް ލިސްޓް" ކުރާނެ ކަމަށެވެ.
ވިސާ ނުލިބޭ ކަމަށް ބުނެ ސަފާގެ ފަރާތުން އުމްރާއަށް ދިއުމަށް ތައްޔާރުވި މީހުންނަށް ނުފުރުނު ކަމަށް އެ ގްރޫޕުން ބުނި ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނީ، އެމައްސަލަ ދިމާވެފައި ވަނީ ސަޢުދީ ސަރުކާރުން ނުވަތަ ދިވެހި ސަރުކާރުން ދޭންޖެހޭ އެއްވެސް ހުއްދައެއް ނުލިބިގެން ނޫންކަމަށެވެ. އަދި ޢުމްރާ ވިސާއަކީ 3 މަސްދުވަހަށް ދުރާލާ ލިބޭ އެއްޗަކަށްވާއިރު، ކުންފުނިން އެގޮތަށް ހަމަޖައްސާފައި ނުވާކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން