logo

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 22 ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފި

profile

އައިޝަތު އިނާޝާ - 10 ޖޫން 2025 - 15:31

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 22 ރަބަރު ޕެކެޓާއެކު ބ. ތުޅާދޫން މީހަކު ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މި މަހު 5 ވަނަ ދުވަހު ތުޅާދޫގައި ފުލުހުންގެ އިންޓެލިޖެންސާއި ތުޅާދޫ ޕޮލިހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބ.ތުޅާދޫ / ހިތިގަސްދޮށުގެ، އަދުހަމް ރަޝީދު (23އ) އެވެ.

ފުލުހުން ބުނިގޮތުގައި ތުޅާދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ކޯޓުއަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 22 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

މިމައްސަލަ ތުޅާދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
https://www.aslu.com.mv