logo

ކާވާ އިންޓަރނޭޝަނަލް ރެފްރީ ބެޖު ރާއްޖޭގެ 3 ރެފްރީން ހޯދައިފި

profile

މުޙައްމަދު ފަޟްލޫން - 06 އޭޕްރީލު 2025 - 17:47

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިންޓަރނޭޝަނަލް ރެފްރީ ބެޖު ރާއްޖޭގެ ތިން ރެފުރީއަކު ހޯދައިފިއެވެ.

https://wamco.com.mv/

ކާވާ އިންޓަރނޭޝަނަލް ވޮލީބޯލް ރެފްރީކޯސް ފުރިހަމަކޮށް މުހައްމަދު ވަހީދާއި އާއިދާ އަބްދުލް ހަކީމް އާއި މުހައްމަދު ސާމީ ވަނީ ބެޖު ހާސިލްކޮށްފައެވެ.

ކާވާ ބެޖް ހާސިލްކުރި ފަރާތްތަކަށް ބެޖު ހަވާލުކޮށްދީފައިވަނީ ކާވާގެ ރައީސް މުހައްމަދު ލަތީފް އެވެ. ބެޖް ހަވާލުކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ކާވާގެ މައި އޮފީހުގައެވެ.

ކާވާގެ ބެޖް ހަވާލުކުރުމުގެ ރަސްމިއްޔާތާ ގުޅޭގޮތުން ކަވާގެ ރައީސް މީޑިއާތަކަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ބައިނަލްއަގްވާމީ ރެފްރީން ގިނަވެގެންދިއުމަކީ ވޮލީގެ ކުރިއެރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށާއި، އަމާޒަކީ ވޮލީއާއި ގުޅުންހުރި ހުރިހާ ދާއިރާތަކުން ތަމްރީންވެ ބައިނަލްއަގްވާމީ މައިދާނުން ފެނިގެންދިއުން ކަމަށެވެ.

ކަވާގެ ރައީސް ލަތީފް އިތުރަށް ވިދާޅުވީ ރާއްޖެއަކީ ސާކުގެ ގައުމުތަކުގެ ތެރެއިން އިންޓަރނޭޝަނަލް ރެފްރީން އެންމެ ގިނަ ގައުމު ކަމަށެވެ. އެހެންކަމުން މިއީ ރާއްޖޭގައި ވޮލީބޯޅަ ތަރައްގީވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ކާވާ އިންޓަރނޭޝަނަލް ވޮލީބޯލް ރެފްރީ ކޯސް ފުރިހަމަކޮށް ބެޖު ހާސިލްކުރި ރެފްރީންނާއެކު މިހާރު ރާއްޖޭގައި ތިބި ބައިނަލްއަގްވާމީ ފެންވަރުގެ ރެފްރީންގެ އަދަދު ވަނީ 15 އަށް އަރާފައެވެ. އޭގެތެރޭގައި އެފްއައިވީބީ އިންޓަރނޭޝަނަލް ރެފްރީންގެ ގޮތުގައި ހަތަރު ރެފްރީން ހިމެނޭއިރު، ބީޗްވޮލީއަށް ހާއްސަ ރެފްރީއެއްވެސް ހިމެނެއެވެ.

https://wamco.com.mv/
https://www.aslu.com.mv