
ބާޒާރުގައި މިއަދު އެންމެ އަގު ބޮޑު އެއްޗަކީ ކަށިކޮޔޮ

މުޙައްމަދު ހަފީޒް - 02 ފެބްރުއަރީ 2025 - 14:20
ބާޒާރުގައި މިއަދު އެންމެ އަގު ބޮޑު އެއްޗަކަށް ފާހަނގަ ކުރެވިފައިވަނީ ކަށިކޮޔޮ. ކަށިކޮޔޮ މިއަދު އުޅެނީ 500 ރުފިޔާ އަށެވެ. ކަށިކޮޔޮއަކީ މިހާރު ގިނަ ބައެއްގެ ތެރޭގައި އާންމު އެއްޗެކެއެވެ.
ބާޒާރުގެ އަގުތައް ހުރި މިންވަރާ އަޅާބަލާއިރު މިއަދުގެ އަގުތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް ބައެއް ބާވަތްތަކުގެ އަގު، މީގެ ކުޑަ ދުވަސް ކުރީއްސުރެ ދަށަށް އަންނަ ކަން ވަނީ ފާހަގަކުރެވިފައެވެ.
ދޮންކޭލުގެ އިތުރަށް ކަރާ، ފަޅޯ، ޖުމްހޫރީ މޭވާ ތިޔާގިއެވެ. ނިމިދިޔަ ހަފްތާއާއި އަޅާބަލާއިރު ތަކެތީގެ އަގުތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.
ބާޒާރުގެ އަގުތައް:
މިރުސް ކިލޯއެއް - 125 ރުފިޔާ
ލުނބޯ ކިލޯއެއް - 65 ރުފިޔާ
ކާށި - 5 ރުފިޔާ 10 ރުފިޔާ 15 ރުފިޔާ
ހިނކަދި ފަތް ބޮޑިއެއް - 10 ރުފިޔާ
ބަށި ކިލޯއެއް - 70 ރުފިޔާ
ކިއުކަންބާ ކިލޯއެއް -40 ރުފިޔާ އާއި 60 ރުފިޔާ ދޭތެރޭގައި
ކެރެޓް ކިލޯއެއް - 40 ރުފިޔާ
ބަރަބޯ ކިލޯއެއް - 25 ރުފިޔާ
އާފަލު - 5 ރުފިޔާ 6 ރުފިޔާ ދޭތެރޭގައި
އޮރެންޖު - 5 ރުފިޔާ 8 ރުފިޔާ ދޭތެރޭގައި
ގްރޭޕްސް ކިލޯއެއް - 150 ރުފިޔާ
ދޮންކެޔޮ ކިލޯއެއް - 100 ރުފިޔާ
ބޮޑު ލުންބޯ ކިލޯއެއް - 80 ރުފިޔާ
ކުރުނބާ - 25 ރުފިޔާ
ޖުމްހޫރީ މޭވާ ކިލޯއެއް 100 ރުފިޔާ
ފަޅޯ ކިލޯއެއް 40 ރުފިޔާ
އަނބު ކިލޯއެއް 120 ރުފިޔާ
ކަށިކޮޔޮ ގަންޑެ 500 ރުފިޔާ
ލޮނު މަދު ކިލޯއެއް 85 ރުފިޔާ
އަލުވި ކިލޯއެއް 25 ރުފިޔާ
ފިޔާ ކިލޯއެއް 25 ރުފިޔާ
މިއަދު ބާޒާރުމަތީގެ ތަކެތި ތިޔާގިކަން ފާހަގަ ކޮށްލެވެއެވެ.
ވިޔަފާރިވެރިން ބުނި ގޮތުގައި ތަރުކާރީއާއި މޭވާ އަދި ކާބޯތަކެތީގެ އެހެން ބާވަތްތައް ލިބުމުގައި މާބޮޑު ދަތިކަމެއް މިހާރު ނެތެވެ. ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި މި ފަހުން ތަކެތީގެ އަގު މައްޗަށް އަރައިގެންދިޔައީ ޑޮލަރުގެ އަގު މަތިވުމުންނެވެ.