
ބާޒަރުގައި އަނބު ވަރަށް ބޮޑަށް ތިޔާގިވެފައި
އަނބު ތިޔާގިވެ، މުޅި ބާޒާރު ދޮންކޮށްލައިފި

އަހުމަދު ޒަލީފު - 15 ޖެނުއަރީ 2023 - 04:18
އަނބު މޫސުމާއިއެކު އަނބު ތިޔާގިވެ އަނބުގެ އަގު ބޮޑުތަނުން ދަށްވެއްޖެއެވެ.
ދިވެހި ދޮން އަނބަށް އޮންނަ ޑިމާންޑްވެސް ރަނގަޅުކަމަށް ވިޔަފާރިވެރިން ފާހަގަ ކުރާއިރު، 15 ނުވަތަ 12 އަނބުގެ ވިއްކަނީ 100 ރުފިޔާ އަށް ބައެއްގެ ގޮތުގައެވެ.
ބާޒަރުގައި އަނބު ވަރަށް ބޮޑަށް ތިޔާގިވެފައި
ތެދަށް ބުންޏާމު މިހާރު އަނބު މޫސުން ހިނގައްޖެ. އެންމެ ގިނައިން އަނބު ގެންނަ އެއް ރަށަކީ ފުވައްމުލައް – ވިޔަފާރިވެރިންގެ މާރުކޭޓުގެ ބޭރު ޕޭމަންޓް މަތީގައި އަނބު ވިއްކަން އިން މީހަކު ބުންޏެވެ.
ބާޒަރުގައި އަނބު ވަރަށް ބޮޑަށް ތިޔާގިވެފައި
ރާއްޖޭގައި ހައްދާ މޭވާގެ ބާވަތްތަކާއި ތަރުކާރީގެ ބާވަތްތަކުގެ އަގު އެއް އަގުތަކެއްގައި ހިފެހެއްޓިފައި ވީ ނަމަވެސް ބައެއް ތަކެތީގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން، ކާށީގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، ފަޅޮލާއި ކިއުކަމްބާގެ އަގުތައްވެސް އުޅެނީ މަތީގައެވެ.
ކުރިއަށް އޮތް ރަމަޟާން މަހަށް ވިޔަފާރިވެރިން މިހާރު ތައްޔާރުވަމުން އަންނައިރު، އަގުތައް އެއް ވަރެއްގައި ހިފެހެއްޓޭނެ ކަމަށް ވިޔަފާރިވެރިން ޤަބޫލުކުރެއެވެ. ނަމަވެސް މިރުހުގެ އަގު ޙާއްޞަކޮށް ކަނޑޫދޫ މިރުހުގެ އަގު އެހެން އަހަރުތަކެކޭވެސް އެއްގޮތަށް އުފުލިގެންދާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ ވިންދާ އިހުސާސް އެނގޭ، ކޮންމެ ރައްޔިތެއްގެ ކަންބޮޑުމަށް ވެސް އިޖާބަ ދޭނަން: ރައީސް
6 ގަޑިއިރު ކުރިން

މީހެއްގެ ވައިބަރ ހެކްކޮށް، 150،000ރ އަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއް
9 ގަޑިއިރު ކުރިން

ނަހަމަގޮތުގައި ކާޑުލިމިޓްގެ ބޭނުން އެބަކުރޭ، ހަރުކަށި ފިޔަވަޅުތަަކެއް އަޅަންޖެހިދާނެ: ބީއެމްއެލް
11 ގަޑިއިރު ކުރިން

55 ކައުންސިލް ޢިމާރާތުގެ މަޝްރޫޢު ޖޫނަށް ނިމޭނެ: މިނިސްޓަރ
12 ގަޑިއިރު ކުރިން


