
މާލޭގެ ބަނދަރުމަތިން މުދާތަކެއް އަރުވައިގެން ގެންދަނީ
ރަމަޟާން މަހު މުދާ އުފުލޭނެ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފި

އައިޝަތު ޝާނީ - 13 މާރިޗު 2023 - 10:53
މި އަހަރުގެ ރަމަޟާން މަހު ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް ހަމަޖެހިފައިވާ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އިއުލާނުގައިވާގޮތުން ރަމަޟާން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، ޝައްވާލު މަހުގެ 7 ގެ ނިޔަލަށް، ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އަށް ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލޭނެ ކަމަށްށެވެ.
އަދި މި މުއްދަތުގައި، ހަވީރު 16:30 އިން ފެށިގެން 20:00 އާއި ދެމެދު ގަނޑުކޮށް އެއްވެސް ބާވަތެއްގެ މުދަލެއް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުމަކީ މަނާ ކަމެއް ކަމަށް އެ މިނިސްޓްރީން ބުނެފައިއެވެ.
މީގެއިތުރުން ބްރިޖުން މުދާ އުފުލޭނެވަގުތު ތަކަކީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 އަށްކަމަށާއި އަދި ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގައި މުދާ އުފުލާ އުޅަނދުގައި މުދާ އުފުލުމާއި އަދި މިވަގުތުގައި އުޅަނދުތައް ބުރިޖަށް އެރޭނީ މާލެ ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުންކަމަށެވެ. އެހެންނަމަވެސް ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އަށް ފެނާއި ކައްކާ ގޭސް ބުރިޖް ހުރަސްކޮށް ގެންދެވޭނެ ކަމަށާއި މިނޫން ވަގުތުތަކުގައި ބުރިޖްމަތިން އެތަކެތި އުފުލުމަކީ މަނާކަމެއް ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.
އަދި އެ އެންގުންތަކާއި ހިލާފުވާނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރާގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީގެ އިއުލާންގައި ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން