
ބާޒާރުގައި މިއަދު އޮރެންޖް ވިއްކަން ހުރީ 4 ރުފިޔާއަށް - ފޮޓޯ އަސްލު
އަގު ދަށްވެ އޮރެންޖެއް 4 ރުފިޔާއަށް

އަހުމަދު ޒަލީފު - 24 ޑިސެމްބަރު 2022 - 12:38
މިއަދަކީ ހޮނިހިރު ދުވަސް ކަމަށްވާތީ އާދައިގެ މަތިން ދަތުރުވެރިންގެ މާރުކޭޓަށް ދިޔައީމެވެ.
މީގެ ތިން ހަފްތާކުރިން ރާއްޖޭގެ ބާޒާރުގައި އޮރެންޖެއްގެ އަގު ވަރަށް ބޮޑުތަނުމް މައްޗަށް ދިޔައެވެ.
އެގޮތުން މާލޭގެ ބާޒާރުގައި 8ރ. އަށް ލިބެން ހުރި އޮރެންޖެއްގެ އަގު 12ރ، އާއި 13ރ. ދެމެދުގެ އަގެއްގަކަށް މައްޗަށް ދިޔައެވެ.
މާރުކޭޓުން "އަަސްލު" ނޫހާއި ވާހަކަ ދެއްކި މީހަކު ބުނީ މިދިޔަ ހަފްތާއިން ފެށިގެން، އާފަލާއި އޮރެންޖް ލިބުމުގައި ވަރަށް ބޮޑަށް ދަތިތަކެއް ދިމާވެގެން އުޅޭކަން ފާހަގަވި ކަމަށެވެ. ނަމަވެސް ނޮވެމްބަރު ކުރީކޮޅުން ފެށިގެން އޮރެންޖާއި އަފާލު ލިބުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމެއް އުޅޭކަން އެނގުނު ކަމަށް އޭނާ ބުންޏެވެ.
އާދަޔާ ހިލާފަށް ބޮޑުކޮށް އާފަލާއި އޮރެންޖްގެ ރާއްޖޭގެ އެކި ފިހާރަތަކުން ލިބެން ހުރިއިރު، ވިޔަފާރިވެރިއަކު ބުނި ގޮތުގައި އާއްމުކޮށް އާފަލާއި އޮރެންޖް ކެރެޓް މި ގެންނަނީ ދެކުނު އެފްރިކާއިންނެވެ. ނަމަވެސް ކޮންޓެއިނަރު ބޯޓުތަކަށް ނުފުރި ދިގުލައިގެން ދިއުމުގެ ސަބަބުން ރާއްޖޭގެ ޑިމާންޑާ އެއްވަރަށް މި ތަކެތި ނުލިބިގެން އަގުބޮޑު ކުރަން ފެށީ ކަމަށް އޭނާ ބުންޏެވެ.
އޮރެންޖުގެ އަގަށް އައި ބަދަލަކީ ޖީއެސްޓީ ބޮޑު ކުރުމާއި ގުޅިގެން އައި ބަދަލެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރިއެވެ. ނަމަވެސް މާރުކޭޓުގެ ވިޔަފާރިވެރިން ބުނާ ގޮތުގައި މި ދަތިކަން އައީ ރާއްޖޭން ބޭރުން އޮރެންޖް ނުލިބިގެންނެވެ.
ޖީއެސްޓީގެ ރޭޓުތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން ވިޔަފާރިވެރިން އަހުލުވެރިކުރުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ހާއްސަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި ވަނީ މި މަހުގެ 16 ގައެވެ. ސަރުކާރުން މަޖިލިހަށް ހުށަހެޅި ބިލްގައި ވަނީ ޖީއެސްޓީ %6 އިން %8 އަށް ބޮޑުކުރުމަށާއި އަދި ޓީޖީއެސްޓީ %12 އިން %16 އަށް ބޮޑުކުރުމަށެވެ.