
100% ތިމާވެއްޓާ ރައްޓެހި އުޅަނދުތަކާއެކު ޓެކްސީ ލައިން ފަށައިފި

ރިޟްވާން މޫސާ - 02 އޭޕްރީލު 2026 - 21:18
100% ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކާއެކު މާލޭގައި ޓެކްސީ ލައިންގެ ޙިދުމަތް ރަސްމީކޮށް ފަށައިފި އެވެ
ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެމްޓީސީސީން ބޭއްވި ހާއްސަ ހަފްލާއެއްގައި ޓެކްސީ ލައިންގެ ޙިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މި ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންނާއި، އެމްޓީސީސީގެ ވަރަށް ގިނަ އަދަދެއްގެ މުއައްޒަފުންވެސް ބައިވެރިވެފައިވެ އެވެ.
މާލެއިން ޓެކްސީ އެއް ހޯދުމަކީ އަބަދުވެސް ރައްޔިތުން ކުރަމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއެއް ކަމަށް އަބަދުވެސް ވަނީ ފާހަގަ ކުރެވިފަ އެވެ.
މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަޤުޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެކެވެ.

މާލޭ ޓެކްސީ ލައިންއެއް އުފައްދައި ޓެކްސީ ލިބުމަށް ހައްލެއް ގެނައުމަށް ސަރުކާރުން ފެށި މި މަސައްކަތަކީ އާންމު ރައްޔިތުންނަށް އޮތް ޓެކްސީ ލިބުމުގެ ގޮންޖެހުމަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ފެށި މަސައްކަތެކެވެ.
ޓެކްސީ ލައިންގެ ޚިދުމަތް މިހާރު ރަސްމީކޮށް ފަށާފައިވާއިރު، މި ޚިދުމަތަށް ބޭނުންކުރާނީ %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ.
މި ޚިދުމަތް ދިނުމަށް ތިމާވެއްޓާއި ރައްޓެހި 150 އިލެކްޓްރިކް ކާރު ވަނީ މާލެ ގެނެސްފައެވެ. މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ދިނުމަށް ގެެނެސްފައިވަނީ، ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެވެ.
ގުޅުން ހުރި ޙަބަރުތައް
ހަނގުރާމަ ހުއްޓާލާކަށް ނުބުނަން: އީރާނ
8 ގަޑިއިރު ކުރިން

މ އަތޮޅު ތައުލީމީ މަރުކަޒުގައި 3 ފަންގިފިލާގެ އިމާރާތެއް ބިނާކުރަން އެމްޓީސީސީއާ ހަވާލްކޮށްފި
2 ދުވަސް ކުރިން

އެއްވެސް ރައްޔިތަކަށް ވަކި ގޮތަކަށް ވޯޓުލާކަން ނާންގަން: އިލެކްޝަން
2 ދުވަސް ކުރިން

161،000އަށްވުރެ ގިނަ ފަތުރުވެރިން މިދިޔަ މަހު ރާއްޖެއަށް!
2 ދުވަސް ކުރިން


.gif&w=3840&q=75)