logo
މ. އަތޮޅު ތައުލީމީ މަރުކަޒުގައި  3 ފަންގިފިލާގެ އިމާރާތެއް އަޅަން އެމްޓީސީީސީ އާއި ހަވާލްކުރުން: ފޮޓޯ: އެމްޓީސީސީ

މ. އަތޮޅު ތައުލީމީ މަރުކަޒުގައި 3 ފަންގިފިލާގެ އިމާރާތެއް އަޅަން އެމްޓީސީީސީ އާއި ހަވާލްކުރުން: ފޮޓޯ: އެމްޓީސީސީ

މ އަތޮޅު ތައުލީމީ މަރުކަޒުގައި 3 ފަންގިފިލާގެ އިމާރާތެއް ބިނާކުރަން އެމްޓީސީސީއާ ހަވާލްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 01 އޭޕްރީލު 2026 - 10:43

މ. އަތޮޅު ތައުލީމީ މަރުކަޒުގައި 3 ފަންގިފިލާގެ އިމާރާތެއް އަޅަން އެމްޓީސީީސީ އާއި ހަވާލްކޮށްފިއެވެ.

https://wamco.com.mv/

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑރ އަބްދުއްލަތީފް މުހައްމަދު އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދުއެވެ.

މި މަޝްރޫއުގެ ދަށުން 3 ފަންގިފިލާގެ އިމާރާތެއް ބިނާކޮށް އެތަނުގައި 10 ކްލާސްރޫމާއި 1 ލައިބްރަރީ 1 އޭވީ ރޫމް އަދި 1 ހެލްތު ރޫމް އަޅަން ވަނީ ހަމަޖެހިފައެވެ.

360 ދުވަސް ތެރޭ ނިންމަން ހަވާލްކުރި މި މަޝްރޫއަކީ 18.80 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk