logo

ސްރީލަންކާގެ ރިޔާސީ އިންތިޚާބު "ދެވަނަ ގުނުމަކަށް" ހިނގައްޖެ

profile

ސައިފް އަޒުހަރު - 22 ސެޕްޓެމްބަރު 2024 - 14:57

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން ޖާގަ ހޯއްދެވީ، އަނުރަ ކުމާރަ ޑިސަނަޔަކަ (ކ)، އަދި އިދިކޮޅު ޕާޓީގެ ލީޑަރު ސާޖިތު ޕްރެމަދާސަ (ވ)

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން ޖާގަ ހޯއްދެވީ، އަނުރަ ކުމާރަ ޑިސަނަޔަކަ (ކ)، އަދި އިދިކޮޅު ޕާޓީގެ ލީޑަރު ސާޖިތު ޕްރެމަދާސަ (ވ)

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ "ދެވަނަ ގުނުމަކަށް" ހިނގައްޖެއެވެ.

މިއީ، ސްރީލަންކާގެ ތާރީޚްގައިވެސް ރިޔާސީ އިންތިޚާބެއް ދެވަނަ ގުނުމަކަށް ދާންޖެހުނު ފުރަތަމަ ފަހަރެވެ.

އެކަމަކު ދެވަނަ ގުނުމަކަށް ދިޔަޔަސް، ސްރީލަންކާގައި އެހެން ދުވަހެއްގައި ވޯޓުލުމެއް ނޯވެއެވެ.

އެގައުމުގައި އަމަލުކުރާ އުސޫލަކީ އެންމެ ގިނައިން ވޯޓު ހޯއްދަވާ 2 ކެންޑިޑޭޓުންގެ "ދެވަނަ ބުރުގެ ވޯޓު ގުނުން" އަށް ދިއުމެވެ.

ސްރީލަންކާގެ ރިޔާސީ ނިޒާމު އޮންނަގޮތުން، ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންނަށް، އެމީހުން އިސްކަންދޭ ތަރުތީބުން 3 ކެންޑިޑޭޓަކު ރޭންކް ކުރުމުގެ ފުރުސަތު އޮވެއެވެ.

އެގޮތުން، ފުރަތަމަ ބުރުގެ ވޯޓުތައް ގުނާއިރު އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ނުލިބިއްޖެނަމަ ދެވަނަ ބުރެއްގެ ގުނުމުގައި އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅަކު ކަނޑައަޅަނީ ވޯޓުލާ މީހުން ދީފައިވާ އިސްތިސްނާ ވޯޓުތައް ބަލައި، 2 ކެންޑިޑޭޓުންގެ ޖުމްލަ ނަތީޖާއަށް އެ ވޯޓުތައް އެއްކުރުމަށް ފަހުގައެވެ. އެގޮތުން ކާމިޔާބު ލިބިވަޑައިގަންނަވާނީ އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ކެންޑިޑޭޓެވެ.

އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ލިބިވަޑައި ނުގެންނެވިކަން އިއުލާން ކުރެއްވީ ސްރީލަންކާގެ ކޮމިޝަނަރ އޮފް އޮލެކްޝަންސްއެވެ. އަދި "ދެވަނަ ބުރުގެ ގުނުން" ފަށާފައިވާ ކަންވެސް އިއުލާން ކުރެއްވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން ޖާގަ ހޯއްދެވީ، ނޭޝަނަލް ޕީޕަލްސް ޕަވަރ ކޯލިޝަންގެ ލީޑަރު، އުމުރުފުޅުން 55 އަހަރުގެ އަނުރަ ކުމާރަ ޑިސަނަޔަކައާއި، އެންމެބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު، އުމުރުފުޅުން 57 އަހަރުގެ ސާޖިތު ޕްރެމަދާސައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ސްރީލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަށް ލިބިވަޑައިގެންނެވި ވޯޓު މަދުވެ، ދެވަނަ ބުރުންވެސް ފުރުސަތު ލިބިވަޑައިނުގެންނެވިއެވެ.

https://wamco.com.mv/
tel:+9607331319