logo

ޓީޖީއެސްޓީ މަތިކުރަނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭން: މުސްތަފާ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 15 އޮކްޓޯބަރު 2024 - 06:00

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް

ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓީޖީއެސްޓީ މަތިކުރުމަށް ސަރުކާރުން ހުށަހަޅާފައިވަނީ ރައްޔިތުން ބޭނުންވާ އެކި ކަންކަން ކޮށްދޭން ވަސީލަތްތައް ގާއިމުކޮށްދިނުމުގެ ބޭނުމުގައި ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

މެމްބަރު މިގޮތަށް ވިދާޅުވީ ސަރުކާރުގެ ފަރާތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހަޅުއްވަމުން ނެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަ އަހަރުގެ ޖޫން 1 އިން ފެށިގެން ޓީޖީއެސްޓީ ރޭޓު 17% އަށް މަތިކުރުމަށެވެ. މިހާރު ޓީޖީއެސްޓީ ނަގަމުން އަންނަނީ 16% ގަ އެވެ.

ބިލު ހުށަހަޅުއްވައިދެއްވަމުން މުސްތަފާ ވިދާޅުވީ، ޓީޖީއެސްޓީގެ ރޭޓަށް ގެނެވޭ 1%ގެ ބަދަލާ އެކުވެސް ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް މެމްބަރު ވިދާޅުވި އެވެ.

" މިކަމުގެ ސަބަބުން މި އަނދަވަޅުން ސަލާމަތްވެ، ރައްޔިތުން ބޭނުންވާ އެކި އެކި ކަންކަން ކޮށްދިނުމުގައި އެކި އެކި ވަސީލަތްތައް ގާއިމުކޮށްދިނުމުގައި ގާނޫނު އަސާސީން ރައްޔިތުންނަށް ލާޒިމުކޮށްދީފައިވާ ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ" މެމްބަރު ވިދާޅުވި އެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި މި އިސްލާހާއެކު ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީ އަންނަ އަހަރު 201.9 މިލިއަން ރުފިޔާއިން އިތުރުވާނެ އެވެ.

މުދަލާއި ހިދުމަތުން ޑިއުޓީ ނެގުމުގެ ގާނޫނަށް އަމަލުކުރަން ފެށުނީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން ޓީޖީއެސްޓީގެ ރޭޓަށް އެކި ފަހަރުމަތިން ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން، ގާނޫނަށް އަމަލުކުރަން ފެށިއިރު ޓީޖީއެސްޓީ ނަގަމުން އައީ 3.5% ގަ އެވެ. އޭގެ އަނެއް އަހަރު، 2012 ގައި 6އެ ޓެކްސް % އަށް މަތިކުރިއިރު އެ ދައުރު ނިމުނުއިރު ޓީޖީއެސްޓީ ނަގަމުން އައީ 8% ގަ އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ޓީޖީއެސްޓީ 12% އަށް ބޮޑުކުރެވުނެވެ. އެންމެ ފަހުން ޓީޖީއެސްޓީގެ ރޭޓަށް ބަދަލު ގެނެސްފައިވަނީ މިދިޔަ ސަރުކާރުގަ އެވެ. އެ ސަރުކާރުން ގެނައި ބަދަލާ އެއްގޮތަށް ޓީޖީއެސްޓީ މިހާރު ނަގަމުންދަނީ 16% ގަ އެވެ.

https://wamco.com.mv/
tel:+9607331319