logo
އެމްޕޮކްސްގެ ދެވަނަ ކޭސް އޭޝިޔާއިން މިވަނީ ރިޕޯޓްކޮށްފައި

އެމްޕޮކްސްގެ ދެވަނަ ކޭސް އޭޝިޔާއިން މިވަނީ ރިޕޯޓްކޮށްފައި

އެފްރިކާގައި ހަލުވި ކަމާއެކު ފެތުރެމުންދާ އެމްޕޮކްސްގެ ކޭސްއެއް ފިލިޕީންސުންވެސް ރިޕޯޓް ކޮށްފި

profile

ސައިފް އަޒުހަރު - 19 އޯގަސްޓު 2024 - 15:19

އެފްރިކާގެ ބައެއް ގައުމުތަކުގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ އެމްޕޮކްސްގެ ކޭސްއެއް ފިލިޕީންސުންވެސް ރިޕޯޓް ކޮށްފިއެވެ.

https://wamco.com.mv/

މިއީ އޭޝިޔާ ބައްރުން މިބަލި ރިޕޯޓްކުރި ދެވަނަ ގައުމެވެ.

ފިލިޕީންސް ސަރުކާރުގެ ހެލްތު ސެކްރެޓަރީ ޓެޑީ ހަރްބޮސަ ވިދާޅުވީ، ހުން އައުމަށްފަހު ގައިގައި ބިހިތަކެއް ނަގައިގެން ޑޮކްޓަރަށް ދެއްކި މީހަކު ޓެސްޓްކުރި އިރު އެމްޕޮކްސްއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެއީ އުމުރުން 33 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެހެން ނަމަވެސް އޭނާއަކީ ގައުމުން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫންކަމަށް ވިދާޅުވިއެވެ.

އޭގެ މާނައަކީ ވައިރަސް ފިލިޕީންސްގައި މިހާރު އެބަ އުޅެޔޭ – ހެލްތު ސެކްރެޓަރީ ޓެޑީ ހަރްބޮސަ

ފިލިޕީންސްގެ ސިއްހީ ފަރާތްތަކުން މިހާރު ގެންދަނީ، އެމީހާއަށް ބަލިޖެހުނީ އެމްޕޮކްސްގެ ކޮން ވޭރިއެންޓަކުންތޯ ދެނެގަތުމަށް ޖެނެޓިކް ސީކުއެންސިންގ ހަދަމުންނެވެ.

މިއީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ފިލިޕީންސުން އެމްޕޮކްސްގެ ކޭސްއެއް ފެނުނު ފުރަތަމަ ފަހަރެވެ.

2023 ވަނަ އަހަރުގެ ތެރޭގައި ފިލިޕީންސުން 9 މީހަކު އެމްޕޮކްސްއަށް ޕޮޒިޓިވްވެފައި ވެއެވެ.

އެމްޕޮކްސްއަކީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ފެތުރޭ، ޚާއްސަކޮށް ގިނަމީހުންނާ ގުޅުންހިންގާ މީހުންނަށް ޖެހޭ ބައްޔެކެވެ.

މިބަލި ޖެހުމުން ރޯގާގެ އަލާމާތްތައް ފެނުމުގެ އިތުރުން، އެމްޕޮކްސްކަން ފާހަގަކުރެވޭނެ އެއްކަމަކީ ގައިގާ ނަގާ ދޮހާއެކު ހުންނަ ބިހިތަކެވެ. ބޭސްފަރުވާނުކޮށް ދޫކޮށްލުމުން ފުރާނައަށް ނުރައްކާވާ ހާލަތުވެސް ދިމާވެއެވެ.

އެމްޕޮކްސްއަކީ ދުނިޔޭގެ އާންމު ސިއްހަތުގެ އިމަޖެންސީއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯއިން ކަނޑައެޅީ މިދިޔަ ހަފްތާގެ ބުދަދުވަހުއެވެ. އެއީ، އެފްރިކާއިން އެމްޕޮކްސްގެ އައު ވޭރިއެންޓެއް ފެނި، ހަލުވިކަމާއެކު ފެތުރޭން ފެށުމުންނެވެ.

އެފްރިކާއިން ބޭރުން އެމްޕޮކްސްގެ ފުރަތަމަ ކޭސް ރިޕޯޓް ކޮށްފައިވަނީ ސްވިޑަންއިންނެވެ. ސްވިޑަންއިން މިދިޔަ ބުރާސްފަތިދުވަހު ބުނެފައިވަނީ އެގައުމުން ފެނުނީ އައު ވޭރިއެންޓުގެ ކޭސްއެއް ކަމަށެވެ. އެމީހާއަކީ އެފްރިކާގެ ބައެއް ގައުމުތަކަށް ދަތުރުކޮށްފައިވާ މީހެއް ކަމަށްވެސް ބުނެފައި ވެއެވެ.

މެދުއިރުމަތީގައި އުޅެފައި އެނބުރި ގައުމަށް އައި މީހަކު އެމްޕޮކްސްއަށް ޕޮޒިޓިވްވެފައިވާކަން ޕާކިސްތާނުން ހާމަކުރީ މިދިޔަ ހުކުރު ދުވަހުއެވެ. ނަމަވެސް، އެ މީހާއަށް ބަލިޖެހުނީ ކޮން ވޭރިއެންޓަކުންކަން އަދި ދެނެގަނެވިފައެއް ނުވެއެވެ.

undefined

އެމްޕޮކްސް ޖެހުމުން ފެންނާނެ ބައެއް އަލާމާތްތައް:

އެމްޕޮކްސްއަކީ ދުނިޔޭގެ އާންމު ސިއްހަތުގެ އިމަޖެންސީއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން، މިބަލި އެތެރެވުން ހުއްޓުވުމަށް ދުނިޔޭގެ ގައުމުތަކުން ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އަދި ބަލިޖެހިފައިވާ މީހަކު ފެނިއްޖެނަމަ އަޅާނެ ފިޔަވަޅުތަކަށްވެސް ތައްޔާރުވަމުންނެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay