logo

ޕީއެސްއެމްގެ އެމްޑީކަމުން ޒީނާ އިސްތިއުފާ ދެއްވައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 24 އޯގަސްޓު 2024 - 18:49

ޕީއެސްއެމްގެ އެމްޑީކަމުގައި ހުންނެވި ޒީނާ ޒާހިރު

ޕީއެސްއެމްގެ އެމްޑީކަމުގައި ހުންނެވި ޒީނާ ޒާހިރު

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ޒީނާ ޒާހިރު މިއަދު އިސްތިއުފާދެއްވައިފި އެވެ.

ޒީނާގެ އިސްތިއުފާގެ ސިޓީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް (ޕީސީބީ) އަށް ލިބިފައިވާ ކަން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ 'އަސްލަށް' ކަށަވަރުކޮށްދެއްވާފަ އެވެ. ޒީނާ ވެސް ވަނީ މިކަން މި ނޫހަށް ކަށަވަރުކޮށްދެއްވާފަ އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޒީނާ އައްޔަނުކުރީ މިދިޔަ ނޮވެމްބަރު 29 ގަ އެވެ.

'ޒީ ޓައިމްސް'ގެ ނަމުގައި އަމިއްލަ ނޫހެއް ވެސް ހިންގަވަމުން ގެންދަވާ ޒީނާ ވަނީ މީގެކުރިން ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަން ވެސް ކުރައްވާފަ އެވެ.

https://wamco.com.mv/
tel:+9607331319