logo

ޕީއެސްއެމްގެ އައު އެމްޑީއަކަށް ސަޢީދު

profile

އާމިނަތު ޝަފާ - 25 އޯގަސްޓު 2024 - 10:33

ޕީއެސްއެމްގެ އައު އެމްޑީ ސައީދު

ޕީއެސްއެމްގެ އައު އެމްޑީ ސައީދު

ދައުލަތުގެ މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މުހައްމަދު ސައީދު އައްޔަންކުރައްވައިފިއެވެ.

ސައީދު މަގާމަށް އައްޔަނުކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި ޒީނާ ޒާހިރު އެ މަގާމުން އިސްތިއުފާދެއްވުމުން ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕްރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެދަށުން ޕީސީބީ އިންނެވެ.

1989 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި މަގާމްތައް ފުރުއްވަމުން އަންނަސައީދަކީ ތައުލީމީ ދާއިރާގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ސަރުކާރުގެ މުހިންމު އެކިއެކި ކޮމިޓީތަކާއި އާސަންދަ ކުންފުނީގެ

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ޒީނާ ޒާހިރު އިިއްޔެ ވަނީ އިސްތިއުފާދެއްވައިފައެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޒީނާ އައްޔަނުކުރީ މިދިޔަ ނޮވެމްބަރު 29 ގައެވެ.

'ޒީ ޓައިމްސް'ގެ ނަމުގައި އަމިއްލަ ނޫހެއް ވެސް ހިންގަވަމުން ގެންދަވާ ޒީނާ ވަނީ މީގެކުރިން ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަން ވެސް ކުރައްވާފައެވެ.

ޒީނާއަކީ ޕީއެސްއެމްގެ އެމްޑީކަމުގެ މަގާމު ފުރުއްވި ފުރަތަމަ އަންހެން ބޭފުޅާއެވެ.

https://wamco.com.mv/
tel:+9607331319