logo

ޒީނާ ވިދާޅުވަނީ ކުރަނީ އިޖުތިމާއީ މަސަައްކަތެއް ކަމަށް

profile

ޒިދާން މުޙައްމަދު - 07 ޖުލައި 2024 - 12:46

ނޫސްވެރިންގެ ގުންޒަރުގައި ޒީނާ ޒާހިރު ވާހަކަދައްކަވަނީ

ނޫސްވެރިންގެ ގުންޒަރުގައި ޒީނާ ޒާހިރު ވާހަކަދައްކަވަނީ

ދައުލަތުގެ މީޑިއާގެ މެނޭޖިން ޑިރެކްޓަރު، އަމިއްލަ ނޫސް ހިންގުމުގައި އަވަދިނެތި އުޅުއްވާކަމަށް ބުނެ ނޫހަކުން ރިޕޯޓުކުރުމުން، އެކަމަނާ އެއަށް ރައްދުދެއްވައިފިއެވެ.

އޮންލައިން ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމާ ޒީނާ ހަވާލުވެވަޑައިގެން ދުވަހުން ފެށިގެން މިއަދާ ހަމައަށް ޒީޓައިމްސްގެ ނަމުގައި ހިންގާ ނޫސް ވެބްސައިޓުގައި ޒީނާގެ ނަމުގައި އަށް ލިޔުމެއް ޝާއިއުކޮށްފައިވެއެވެ.

ޒީޓައިމްސްއަކީ މަޖައްލާއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ޒީނާ ހިންގާ ވެބްސައިޓެކެވެ.

ޕީއެސްއެމްގެ އެޗްއާރު ޕޮލިސީ އޮންނަ ގޮތުން ފުލްޓައިމް ވަޒީފާގައި އުޅޭ އެއްވެސް މުވައްޒަފަކަށް މެނޭޖްމަންޓުގެ ހުއްދަ ނެތި އިތުރު މީޑިއާއަކަށް މަސައްކަތް ނުކުރެވޭނެއެވެ. ނަމަވެސް، މެނޭޖުމަންޓްގެ ހުއްދައާއެކު އެހެން މީޑިއާތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮވެއެވެ.

މިކަމާ ގުޅިގެން ޒީނާ ވިދާޅުވެފައި ވަނީ ބަލިމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރިޕޯޓް ލިޔުމަކީ 2020 ވަނަ އަހަރުން ފެށިގެން އެކަމަނާ ކުރައްވަމުން އަންނަ އިޖުތިމާއީ މަސައްކަތެއް ކަމަށެވެ.

މިހާތަނަށް 40 އަށް ވުރެ ގިނަ އާއިލާއަށް އެ ގޮތަށް އެހީތެރިކަން ފޯރުކޮށްދެވިއްޖެ ކަމަށާއި އެ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމާ ޒީނާ ހަވާލުވެވަޑައިގެން 14 ނޮވެމްބަރު 2023ގައެވެ.

https://int.etukuri.mv/
tel:+9607331319