logo

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ހިންގާ ކޮމިޓީއަށް ކުރިމަތިލުމަށް ހުޅުވާލައިިފި

profile

ޒިދާން މުޙައްމަދު - 02 ސެޕްޓެމްބަރު 2024 - 07:30

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަންހެނުންގެ ގޮފި -- އެމްޑީޕީ އަންހެނުންގެ ރޫހުގެ ހިންގާ ކޮމިޓީއަށް ކުރިމަތިލުމަށް ހުޅުވާލައިިފިއެވެ.

https://wamco.com.mv/

އެމްޑީޕީން ބުނީ، އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ހިނގަމުންދާ ދައުރުގެ ހިންގާ ކޮމިޓީއަށް ކޮންމެ ސިޓީއަކާއި އަދި ކޮންމެ އަތޮޅަކުން މެންބަރެއް ހޮވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިގޮތަށް ހަމަޖެހިފައިވާތީ މިކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ އެޕާޓީގެ އަންހެނުންގެ ރޫހުގެ މެންބަރުން 10 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާ ގޫގުލް ފޯމް ފުރައި ހުށަހެޅުމަށް އެމްޑީޕީން އެދެއެވެ.

އެމްޑީޕީގެ އަސާސީ ޤަވާއިދުގައިވާ ގޮތުގެ މަތިން އެ ޕާޓީގެ އޮނިގަނޑުގައި ހިމެނެނީ ކޮންގްރެސް، ޤައުމީ މަޖިލިސް، ޤައުމީ ހިންގާ ކޮމިޓީ، ޕާލިމަންޓަރީ ގްރޫޕް، އަންހެނުންގެ ރޫހު، ޒުވާނުންގެ ހިތްވަރު، އިސްލާމީ މަޝްވަރާ މަޖިލިސް، އިސްތިއުނާފު ފަނޑިޔަރު މަޖިލިސް، ދާއިމީ ކޮމެޓީތައް، ސެކްރެޓޭރިއެޓް، ޕްރޮވިންސްތައް، ދާއިރާތައް އަދި ގޮފިތަކެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އެމްޑީޕީގެ ސިޔާސީ ހުރިހާ ހަރަކާތެއްގައި އަދި ކަންކަން ނިންމާ ފެންވަރުގައި އެޕާޓީގެ އަންހެން މެމްބަރުންގެ ބައިވެރިވުމާ ހިއްސާ އިތުރުކޮށް، އަންހެން މެމްބަރުންގެ އަޑު އުފުލުމަށް ހަދާފައިވާ އެ ޕާޓީގެ އެންމެ ވަރުގަދަ އެއް ގުނަވަން ކަމަށް އެމްޑީޕީން ބުނެއެވެ. އަންހެނުންގެ ރޫހުގެ މައިގަނޑު މަސައްކަތްތަކަކީ އަންހެނުންގެ ރޫހުގެ ތަސައްވަރަށް ވާސިލުވުމުގައި ޕާޓީއަށް އަންހެން މެމްބަރުން އިތުރުކޮށް ޕާޓީގެ ހަރަކާތްތަކުގައި އަންހެނުންގެ ދައުރު ފުޅާކޮށް ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމާމެދު ހޭލުންތެރިކޮށް، ޕާޓީގެ ނިންމުންތައް ނިންމުމުގައި ބައިވެރިވެ، އިންތިޚާބީ މަގާމުތަކަށާއި ގައުމީ އިންތިޚާބީ މަގާމުތަކަށް ޕާޓީގެ ފަރާތުން އަންހެނުން އިންތިޚާބުކުރުމަށް މަސައްކަތްކުރުމެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ އެންމެ އިސް ފަރާތްތަކަކީ އަންހެނުންގެ ރޫހުގެ މެމްބަރުންގެ ވޯޓަކުން އިންތިހާބުކުރެވޭ ރައީސާއާ ނައިބު ރައީސާއެވެ.

އެ ޕާޓީއަކީ ރާއްޖޭގައި އެންމެ ދުވަސްވީ އަދި މިވަގުތު އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީވެސް މެއެވެ.


    https://wamco.com.mv/
    tel:+9607331319