
ވިލިމާލެ ދާއިރަގެ މެމްބަރު އުޝާމު
ހަރަދު ކުޑަކުރުމަށް ބޭކާރު ކުންފުނިތައް އުވާލަން ޖެހޭ: އުޝާމް

ޔޫޝައު ހަސަން - 13 ފެބްރުއަރީ 2023 - 01:58
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ބޭކާރު ކުންފުނިތައް އުވާލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މެންބަރު އުޝާމް މިފަދައިން ވިދާޅުވީ އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން އެމަގުގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސީއާ ނުވެގެން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރަމުން އަންނާތީ އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައިއެވެ.
އެމްޓީސީސީއާ އަމީނީ މަގުގައި ތާރު އެޅުމަށް ހަވާލުކުރުމާއެކު އެކުންފުނިން މިހާރު ތާރު އެޅުމަށް ކުރަން ޖެހޭ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ތިން ދުވަސް ތެރޭގައި އެމަގުގައި މިހާރު ނިމިފައިވާ ސަރަހައްދުގައި ތާރު އަޅާ ނިމޭނެ ކަމަށްވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
މިކަމަށް ފާޑު ވިދާޅުވެ މެންބަރު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ނުވެ އެމްޓީސީސީއާއި ހަވާލު ކުރަން ޖެހުނު ހިސާބުން އާރުޑީސީ އުވާލަން ޖެހޭކަން ހާމަވާކަމަށެވެ. ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް މިފަދަ ބޭކާރު ކުންފުނިތައް އުވާލުމަކީ ރައްޔިތުންނަށްވެސް އެކަމުން ބޮޑު ފައިދާއެއް ކުރާނެ ކަމެއްކަމަށް އުޝާމް ވިދާޅުވި އެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެދަށުން 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއަޅަންޖެހެ އެވެ. މި މަސައްކަތް އާރުޑީސީން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ސެގްމެންޓް 4ގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތްތައްކަމަށް އާރުޑީސީން ވަނީ ހާމަކުރައްވާފަ އެވެ. އަދި އަމާޒަކީ ސެޕްޓެމްބަރުމަހަށް އަމީނީ މަގުގައި ތާރުއަޅާ އެއްކޮށް ނިންމާލުމެވެ.
މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 3 ޖުލައި 2022ގައެވެ. މި މަސައްކަތަށް 84.4 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން