
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް
"ޙައްޖާއި ޢުމްރާގެ ޚިދުމަތް ދޭންވާނީ އެކަމުން ލިބޭ ދަރުމަ އާއި ޘަވާބު އިސްކޮށްގެން"

ޝާމާ ޝުޢައިބު - 31 އޮކްޓޯބަރު 2024 - 06:58
ޙައްޖާއި ޢުމްރާގެ ޚިދުމަތް ދޭ ކުންފުނިތަކުން އެ ޚިދުމަތް ދޭންވާނީ ވިޔަފާރިއަށް ވުރެ ބޮޑަށް އެކަމުން ލިބޭ ދަރުމަ އާއި ޘަވާބު އިސްކޮށްގެން ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ޙައްޖު، ޢުމްރާ ކޮންފަރަންސް އިފްތިތާޙު ކޮށްދެއްވައި ވާހަަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ މިއަދު ދިވެހިރާއްޖޭގައި މި ފަދަ ކޮންފަރަންސެއް ބޭއްވޭކަމީ، މި މަސައްކަތް ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
ޙައްޖާއި ޢުމްރާއާ ގުޅިފައިވާ އިންތިޒާމުތައް ހަމަޖައްސައި ވީހާވެސް ލުއިފަސޭހަކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތައް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ އަހައްމިއްޔަތުގެ މައްޗަށްވެސް އެ މަނިކުފާނު އަލިއަޅުއްވާ ލެއްވިއެވެ.
ނައިބު ރައީށް ވިދާޅުވީ މިއަދު މި ފަށާ ކޮންފަރަންސްގެ ނިންމުންތަކުގެ އަލީގައި، ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ދާއިރާ ފުޅާވެ މުޅި ނިޒާމު ފުރިހަމަވެގެންދާނޭ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ.
އަދި ޙައްޖުވެރިންގެ ފައިސާއަށް ރައްކާތެރިވެ، ޙައްޖު ފަންޑު ތަރައްޤީކޮށް ދިރުވުމަށް އައު ވިސްނުންތަކެއް ވިސްނައި، ޙައްޖުގެ އަގު ތިރިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ޙަޤީޤަތަކަށް ވެގެންދާނޭކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޙައްޖު، ޢުމްރާ ކޮންފަރެންސް ރާވާލާފައިވަނީ ޙައްޖާއި ޢުމްރާއާ ގުޅޭ ޕެނަލް ޑިސްކަޝަންތަކާއި ކީނޯޓު ސްޕީކަރުންގެ ވާހަކަ ދެއްކެވުން ހިމެނޭ ގޮތަށެވެ.
އެގޮތުން ޕެނަލް ޑިސްކަޝަންތަކުގައި ޙައްޖާއި ޢުމްރާއާއި ގުޅުންހުރި އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކެނެޑާއިން ގާޒާ އަށް އަނެއްކާވެސް އިތުރު 100 މިލިއަން ޑޮލަރު ޙަރަދުކުރަނީ
15 ގަޑިއިރު ކުރިން

ކާމިޔާބު ކަމާއެކު ތިނަދޫ ހޮސްޕިޓަލުން ރަހިމުގެ ސާޖަރީއެއް ކޮށްފި!
15 ގަޑިއިރު ކުރިން

މީދޫގެ ވޯޓުލުން ކުރިއަށް ދިޔައީ ވަރަށް ރަގަޅަށް: އެޗްއާރުސީއެމް
15 ގަޑިއިރު ކުރިން

ޕެންޝަން އޮފީހުގެ ސީއީއޯ ގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި
18 ގަޑިއިރު ކުރިން


.gif&w=3840&q=75)