
ނަރުހުންގެ އެންޖީއޯއާ "ޓާސްކިން" ގުޅިގެން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ބާއްވަނީ

އާމިނަތު ޝަޒްލާ - 15 ޖޫން 2026 - 11:58
ދިވެހި ފަންނުވެރި ޒުވާނުންނާއި މަސައްކަތްތެރިންނަށް ޚާއްޞަ "ޓާސްކިން" އެޕްލިކޭޝަނާއި "ކޮމިއުނިޓީ ނާސް ވޮލެންޓިއާސް" ގުޅިގެން، ލޭ ހަދިޔާކުރުމުގެ ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ނިންމައި އެކަން އިޢުލާނުކޮށްފިއެވެ.
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުދަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް، ހުޅުމާލެ ފޭސް 1 ގެ އޮރެންޖް ހިޔާގައެވެ. މި ހަރަކާތުގައި ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށާއި، ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ލޭ ހަދިޔާކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ބައިވެރިންގެ މެދުގައި ގުރުއަތަކުން ހޮވޭ ނަސީބުވެރިއަކަށް 1,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޓާސްކިންގެ ފައުންޑަރ އަދި ސީ.އީ.އޯ ދީމާ ފާކިރު ވަނީ، އެ ކުންފުނީގެ ޚިދުމަތްތެރިންނާއި ކަސްޓަމަރުން މި މުހިންމު ހަރަކާތުގައި ބައިވެރިވުމަށް ބާރުއަޅުއްވާފައެވެ. މީގެ އިތުރުން، މި ކޭމްޕަށް ޒިޔާރަތްކުރެވެން ނެތް ފަރާތްތަކުން ވެސް "ލޭ އެޕް" މެދުވެރިކޮށް ލޭ ހަދިޔާކުރެވޭނެ މަރުކަޒުތައް ބަލައި، ލޭ ހަދިޔާކުރުމުގެ އިޖުތިމާއީ ޒިންމާ އަދާކުރުމަށް ޓާސްކިން އިން އިލްތިމާސްކުރެއެވެ.
މި ހަރަކާތަކީ ބައިނަލްއަޤުވާމީ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިއަހަރުގެ މި ދުވަހުގެ ޝިއާރަކީ "ވަން ޑްރޮޕް އޮފް ހިއުމޭނިޓީ؛ ގިވް ބްލަޑް، ސޭވް ލައިވްސް" އެވެ.
ގުޅުން ހުރި ޙަބަރުތައް

އެއަރޕޯޓުގެ މައި މަގެއް ބަންދުކުރުމާ ގުޅިގެން، ބަހުގެ ރޫޓުތަކަށް ބަދަލުތަކެއް!
11 މިނިޓު ކުރިން

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބު ޖުލައި މަހު!
35 މިނިޓު ކުރިން

ހިޔާ ޓަވަރުގެ އިތުރު ލިފްޓުތައް ހަރުކޮށް، ހުޅުވާލައިފި
2 ގަޑިއިރު ކުރިން

ދައުލަތުގެ ބަޖެޓަށް ޓީޖީއެސްޓީގެ އާމްދަނީން ބޮޑު ކުރިއެރުމެއް!
2 ގަޑިއިރު ކުރިން


.gif&w=3840&q=75)