
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 1 ބިލިއަން ރުފިޔާ ޖަމާކޮށްފި

މުޙައްމަދު ފަޟްލޫން - 20 ޖޫން 2026 - 09:52
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސްޑީއެފް) އެއް ބިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސްއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރާ މިންވަރު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ.
މިދިޔަ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އެ ފަންޑަށް ޖަމާކުރެވުނު ޖުމްލަ ފައިސާ ވަނީ އެއް ބިލިއަން ރުފިޔާއަށް އަރާފައެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖަމާކުރި 934 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ދައުލަތުގެ ދަރަނިތައް އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ދުރާލައި އެކަމަށް ތައްޔާރުވުމުގެ ގޮތުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ. ސަރުކާރުން ވަނީ މި ފަންޑުގެ ބޭނުން ހިފަައިގެން ދައުލަތުގެ ދަރަނީގެ ބޮޑު ބައެއް މިއަހަރު އަދާކޮށްފައެވެ.
މީގެ ތެރޭގައި ސުކޫކު ފަދަ މާލީ އިލްތިޒާމުތައް ހިމެނެއެވެ.
މިއަހަރުގެ ބަޖެޓުގައި އެސްޑީއެފަށް ޖުމްލަ 2.4 ބިލިއަން ރުފިޔާ ޖަމާކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
މި ފަންޑަށް މައިގަނޑު ގޮތެއްގައި ފައިސާ ހޯދަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭ އެކި ހިދުމަތްތަކަށް ގެނައި ބަދަލުތަކުން ލިބޭ އިތުރު އާމްދަނީންނެވެ.
ގުޅުން ހުރި ޙަބަރުތައް

ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން މަޖިލީހަށް ހުށަހަޅައިފި
3 ގަޑިއިރު ކުރިން

ރަޖިސްޓްރީ ނުކޮށް ސަނަދުތަކެއް ދޫކުރުމުން އެވިޑް ކޮލެޖް ޖޫރިމަނާކޮށްފި
4 ގަޑިއިރު ކުރިން

ޔޫއޭއީން 786 ޓަނުގެ އިންސާނީ އެހީ ޣައްޒާ އަށް ފޮނުވައިފި
5 ގަޑިއިރު ކުރިން

ހުސްވި މަހު ކުޑަކުދިންނާއި ގުޅުންހުރި 81 މައްސަލަ ރިޕޯޓްކޮށްފައިވޭ: ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)