
ޕޮލިޓެކްނިކްގައި އަލަށް ޤާއިމުކުރާ ސަގާފީ ސެންޓަރު، ނޮވެންބަރުގަ ހުޅުވަނީ

އާމިނަތު ޝަޒްލާ - 23 ޖޫން 2026 - 06:16
މޯލްޑިވްސް ޕޮލިޓެކްނިކްގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަލްޗަރަލް ސެންޓަރުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު ވިދާޅުވީ، މި ސެންޓަރު ހުޅުވުމާއެކު ރާއްޖޭގެ ސަގާފީ މަސައްކަތެއް ކަމަށްވާ ފޭލިވިޔުމުގެ ފަންނު އާލާކޮށް ދިރުވުމުގެ މަސައްކަތްތައް އެތަނުގައި ފެށޭނެ ކަމަށެވެ. އަދި މި މަސައްކަތުގައި ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދާއި އެހީތެރިކަން ހޯދުމަށް ޕޮލިޓެކްނިކާއެކު މަޝްވަރާކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޒިޔާއު އިތުރަށް ވިދާޅުވި ގޮތުގައި، ބ. ތުޅާދޫ އަދި ގ.ދ. ގައްދޫގައި ގާއިމުކުރާ ކަލްޗަރަލް ސެންޓަރުތައް އަންނަ އަހަރުގެ ޖުލައި މަހު ހުޅުވުމަށް ވަނީ އަމާޒު ހިފާފައެވެ. މި ސެންޓަރުތަކުގައި ފޭލިވިޔުމަށް ބޭނުންވާ ޚާއްސަ މެޝިނަރީޒް ބަހައްޓައި، އެ މަސައްކަތް ދަސްކޮށްދޭނެ އިންތިޒާމުތައް ހަމަޖައްސާނެއެވެ.
މިކަމާ ގުޅޭގޮތުން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އައިޝް މުހައްމަދު ވިދާޅުވީ، ފޭލިވިޔުން ފަދަ ސަގާފީ މަސައްކަތްތައް ހީނަރުވާން މެދުވެރިވާ މައިގަނޑު ސަބަބަކީ އެކަށީގެންވާ އާމްދަނީއެއް ނުލިބުމާއި މާކެޓް ހޯދުމުގައި ހުރި ދަތިތައް ކަމަށެވެ. ނަމަވެސް، އައު ކަލްޗަރަލް ސެންޓަރުތަކާއެކު މި ފަންނުތައް އުނގަންނައިދިނުމުގެ ހަރުދަނާ ނިޒާމެއް ގާއިމުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިފަދަ މަސައްކަތްތައް ކުރިއަށްދަނީ ވަރުގަދަ އެކްޝަން ޕްލޭނެއްގެ ދަށުންނެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާ ކަލްޗަރަލް ސެންޓަރުތަކަކީ އޮބެމުންދާ ދިވެހި ފަންނުވެރިކަން އާލާކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

ވަޓްސްއެޕްގެ ސީއީއޯ އަކަށް އިންޑިއާ މީހަކު ހަމަޖައްސައިފި
4 ގަޑިއިރު ކުރިން

ވެލާނާ އެއާޕޯޓުން މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި
4 ގަޑިއިރު ކުރިން

އާންމު ޚިދުމަތްތެރިންގެ ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ، ޝުކުރު ދަންނަވައިފި
4 ގަޑިއިރު ކުރިން

ހިމަބިހީގެ ކޭސްތަކުގެ އަދަދު 22 އަށް އަރައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)