
ހުސައިން ޢަބްދުއްރަޙްމާން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މުޙައްމަދު ފަޟްލޫން - 18 ޖޫން 2026 - 10:36
ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ ސާޖަންޓް ފަސްޓް ކްލާސް ހުސައިން ޢަބްދުއްރަޙުމާން ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ މަރްޙޫމްގެ ޢާއިލާއަށާއި ދިވެހި ސިފައިންނަށް ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަޙުމާން ނިޔާވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. މަރްހޫމް ހުސައިން އަބްދުއްރަހްމާން އަކީ ގައުމީ ދިފާޢީ ބާރުގައި 21 އަހަރަށްވުރެ ގިނަ ދުވަހު އިހްލާސްތެރިކަމާއެކު ހިދުމަތް ކުރައްވާފައިވާ ބޭކަލެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ހިތާމައިގެ މި ދަނޑިވަޅުގައި، މަރްހޫމް ހުސައިން އަބްދުއްރަހްމާންގެ އާއިލާއަށާއި ޤައުމީ ދިފާޢީ ބާރުގެ ހުރިހާ މެންބަރުންނަށް ތަޢުޒިޔާ ދަންނަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށާއި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ނާޒުކު ގައުމުތަކަށް ބޭނުންވާ މޫސުމީ މާލީ އެހީތެރިކަން އިތުރުކުރަންޖެހޭ: ނައިބު ރައީސް
41 މިނިޓު ކުރިން

ރަޝިޔާގައި ރާއްޖެ އިޝްތިހާރު ކޮށްފި
41 މިނިޓު ކުރިން
.jpg&w=3840&q=75)
ހުޅުމާލޭ ފަޅުތެރެ ސާފުކުރަން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
42 މިނިޓު ކުރިން

ރާއްޖެ އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)