logo
އެމްއައިބީން ތޮއްޑޫގައި އޭޓީއެމްގެ ޙިދުމަތް ދޭން ފެށުން: ފޮޓޯ އެމްއައިބީ

އެމްއައިބީން ތޮއްޑޫގައި އޭޓީއެމްގެ ޙިދުމަތް ދޭން ފެށުން: ފޮޓޯ އެމްއައިބީ

ތޮއްޑޫގައިވެސް އެމްއަބީގެ އޭޓިއެމް ބަހައްޓައިފި

profile

ރިޟްވާން މޫސާ - 07 މޭ 2026 - 13:13

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީ އިން އއ. ތޮއްޑޫގައި އޭޓީއެމް ގާއިމުކޮށް މި ޙިދުމަތް ދޭން ރަސްމީކޮށް ފަށައިފި އެވެ.

https://wamco.com.mv/

ތޮއްޑޫގައި އޭޓީއެމްގެ ޙިދުމަތް ތަޢާރަފުކޮށްދެއްވީ އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލާއި، ތޮއްޑޫ ކައުންސިލުގެ ނައިބު ރައީސް އަލީ އާދަމެވެ.

އެމްއައިބީން ދަނީ އެ ބޭންކުގެ ޙިދުމަތް ރައްޔިތުން ނަށް ފުޅާ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތް ވަރަށް ހަލުވި ކަމާއެކު އިތުރު ކުރަމުންނެވެ. ދިވެހިންގެ ތެރޭގައި ބެންކް އޮފް މޯލްޑިވްސް ފިޔަވައި އެންމެ މަގުބޫލު ކަން ލިބިފައިވާ ބޭންކަކީ އެމްއައިބީ އެވެ.

undefined

އެމްއައިބީން ތޮއްޑޫގައި އޭޓީއެމްގެ ޙިދުމަތް ދޭން ފެށުން: ފޮޓޯ އެމްއައިބީ

އަލަށް ޤާއިމުކުރި މި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް ތޮއްޑޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބޭނެ ކަމަށް އެ ބޭންކުން ހާމަކުރެއެވެ.

އެމްއައިބީއިން ވިދާޅުވި ގޮތުގައި މި އޭޓީއެމް ޚިދުމަތް ފަރުމާކޮށްފައި ވަނީ ބޭންކިންގ ފަސޭހަކުރުމާއި ރަށުގެ މުޖުތަމަޢުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދިނުމަށެވެ. އެ ބޭންކުން ގެންދަނީ މާލީ ޚިދުމަތް ފޯރުކޮށްދިނުން ފުޅާކުރުމުގެ ގޮތުން މުޅި ރާއްޖޭގައި އޭޓީއެމް އަދި ސެލްފް ސާވިސް ބޭންކިންގ ނެޓްވޯކް ފުޅާކުރަމުންންކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk