logo
ތެލެސީމިއާ ސެންޓަރުގައި ސިފައިން ލޭ ހަދިޔާ ކުރަނީ

ތެލެސީމިއާ ސެންޓަރުގައި ސިފައިން ލޭ ހަދިޔާ ކުރަނީ

ތެލެސީމިއާ ކުދިންނަށް އޯގާތެރިވުމަށް އިލްތިމާސް ކުރަން: ސާޖިދާ

profile

ރިޟްވާން މޫސާ - 08 މޭ 2026 - 08:10

ތެލެސީމިއާ ކުދިން ނުވަތަ ލޭ އަޅާ ކުދިންނަށް އޯގާތެރިކަމާއެކު ކަމޭ ހިތުމަށް ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރަމުންދާ ދުނިޔޭގެ ތެލެސީމިއާ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 8 ވަނަ ދުވަހުގަ އެވެ.

މިއަދުގެ މުނާސަބަތާއި ގުޅުވައިގެން ސޯޝަލް މީޑިޔާގައި ހިއްސާ ކުރެއްވެވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ ތެލެސީމިއާ ކުދިންނަށް އެހީތެރިވެ އޯގާތެރި ކަމާއެކު ކަމޭ ހިތުމަކީ ވަރަށް މުހިންމު މަކެއް ކަމަށާއި، އެފަރާތްތަކަށް އެންމެންވެސް އެހީތެރި ވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ސާޖިދާ ވިދާޅުވީ އޯގާތެރިކަމާއި ހެޔޮ ބަސްތަކަކީ ފަރުވާގެ ދެބައިކުޅަ އެއްބައި ކަމަށާއި، އެންމެންގެ އޯގާތެރިކަމާއި ހެޔޮބަސްތަކަކީ، ފަރުވާގެ ދެބައިކުޅަ އެއްބައި ކަމަށެވެ.

ތެލަސީމިއާ ހުންނަ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ތަޞައްވުރާއެކީ، ސަރުކާރުން ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޚިދުމަތްތައް ހުޅުމާލޭ އޮރެންޖު ހިޔާގައި ފަށާފައެވެ. އަދި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ޑީއެންއޭ ލެބޯޓަރީ ޤާއިމުކޮށް ޚިދުމަތް ދޭންވެސްވަނީ ފަށާފައެވެ.

ތެލެސީމިއާ ކުދިންނަށް އެހީތެރި ވުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދެމުން އަންނަ ކަމަކަށް ވާއިރު އެމަނިކުފާނު ވަނީ އަމިއްލަ އިސް ނެންގެވުމަކާއެކު ތެލެސީ މިއާ ކުދިންނަށް ފަރުވާ ދިނުމުގައި ހުކުރު ދުވަހުގައި ވެސް ވަކި ވަގުތުތަކެއް ޙިދުމަތް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސަވައި ދެއްވާފަ އެވެ.

ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ޑިސެމްބަރު 29، 1994ގައި ތެލެސީމިއާ ސެންޓަރު ހުޅުވި ފަހުން މިދިޔަ 31 އަހަރުގެ ތެރޭގައި ހުކުރު ދުވަހެއްގައި ތެލެސީމިއާ ސެންޓަރުން ޚިދުމަތް ދީފައެއް ނުވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk