logo

ފައްޔާޒަކީ ތެދުބަހުން ވާހަ ދައްކާ ބޭފުޅެއް: ވައްޑޭ

profile

ރިޟްވާން މޫސާ - 08 މޭ 2026 - 08:11

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ތާއީދުކުރައްވަނީ އޭނާއަކީ ތެދުބަހުން ސާދާކޮށް ވާހަކަދައްކަވާ ބޭފުޅަކަށް ވީމާ ކަމަށާއި އޭނާއާ އެކު "ދެބަސްވާން ވެސް ފަސޭހަ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ފައްޔާޒް އާއިު ވައްޑޭ ވަނީ ޙިޔާލުތަފާތުވުންތަކެއް އުފެދި ވަރަށް ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގައި ދެބަސްވުންތަކެއް ގޮސްފަ އެވެ.

ފައްޔާޒް ވަނީ ވައްޑޭއަށް ބޮޑު ތުހުމަތެއް އަމާޒުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެމްޑީޕީ ބަލިކަށިކުރުމުގައި އިސް ދައުރެއް އަދާކުރި އެއް ބޭފުޅަކީ ވައްޑޭ ކަމަށެވެ.

އެކްސް ގައި ވައްޑޭ ވިދާޅުވީ، އޭނާ ފައްޔާޒަށް ތާއީދުކުރަނީ ކަންކަމުގައި ޚިޔާލެއް އޮވެގެން ހަގީގަތަށް ތެދަށް ސާދާކޮށް ވާހަކަދައްކަވާތީ ކަމަށެވެ. އެހެންވެ، އޭނާ އަދިވެސް ހުންނެވީ ފައްޔާޒާ އެކުގައިކަން ވަނީ ހާމަކުރައްވާފައެވެ.

ވައްޑޭ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިދިޔަ އެމްޑީޕީ ސަރުކާރުގައި ކޯލިޝަނަށް މާ ބޮޑު ހިއްސާއެއް ދިން ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީ ބަލިކަށިކުރީ ކާކުތޯ ސުވާލު އުފައްދަވާފައެވެ. އެކަމަކު، ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކުރައްވާފައެވެ. ފައްޔާޒް ހޫނު ރައްދެއް ދެއްވީ އެ ޕޯސްޓާ ގުޅިގެންނެވެ. ފައްޔާޒް ކުރެއްވި ޕޯސްޓް ޑިލީޓެއް ނުކުރައްވައެވެ.

ނަޝީދާ އެކު ވަރަށް އަރިސްކޮށް މަސައްކަތްކުރައްވާ ވައްޑެއަށް ފައްޔާޒް ފާޅުގައި ފާޑުވިދާޅުވިއިރު، މިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބުވި އެންމެ ބޮޑު ސަބަބެއް ކަމަށް އެ ޕާޓީން ގަބޫލުކުރަނީ ޕާޓީ ބައިބައިވުމެވެ.

ނަޝީދާއި އެ މަނިކުފާނުގެ އަރިހުގައި މަސައްކަތްކުރައްވާ ބޭފުޅުން ޑިމޮކްރެޓްސް އުފެއްދެވުމަށް ފަހު، މަސައްކަތްކުރެއްވީ އެމްޑީޕީއާ ދެކޮޅަށެވެ. ވައްޑޭ ވެސް އެމްޑީޕީން ވަކިވެ، މަޖިލީސް މެންބަރުކަމުގެ ފަހު ބައި ހޭދަކުރެއްވީ ޑިމޮކްރެޓްސްގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk