logo

ލަންކާގައި ދިރިއުޅުއްވާ ދިވެހިންގެ ހުރިހައި ކަންބޮޑުވުންތަކެއް ރައީސް އަަޑުއެއްސެވި: މުންދު

profile

ރިޟްވާން މޫސާ - 07 މޭ 2026 - 14:05

ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ސްރީލަންކާ އަށް ކުރެއްވެވި ފުރަމާން ދަތުރުފުޅުގައި ލަންކާގައި ދިރިއުޅުއްވާ ދިވެހިންގެ ހުރިހައި ކަންބޮޑުވުންތަކެއްވެސް އަޑު އެއްސެވި ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް މުންދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ވީކްލީ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ރައީސުލް ޖުމްހޫރިއްޔާގެ ދަތުރުފުޅާއި ބެހޭގޮތުން ކުރެއްވެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ ލަންކާގައި ދިރިއުޅުއްވާ ދިވެހި އާއިލާ ތަކާއި ރައީސުލް ޖުމްހޫރިއްޔާ ބައްދަލުކުރެއްވެވި ކަމަށެވެ.

މީގެ ކުރިން ލަންކާގެ އެމްބެސެޑަރެއްގެ މަގާމު ފުރުއްވާފައިވާ އަދި ގިނަ ދުވަސްތަކެއްގައި ލަންގާގައި ހުންނެވި މުންދު ވިދާޅުވީ ލަންކާގައި ދިރިއުޅުއްވަމުން އައި ދިވެހިން އެމަނިކުފާނަށް އެނގިލައްވާ ކަމަށާއި، ރައީސް އެބޭފުޅުންނާއި ބައްދަލުކުރެއްވެވި އިރު އެމަނިކުފާނުވެސް އެތަނުގައި ހުންނެވި ކަމަށެވެ.

ލަންކާގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުން ތަކާއި ޝަކުވާ ހުރެ ރައީސުލް ޖުމްހޫރިއްޔާ އާއި އެ ފަރާތްތަކާއި ބައްދަލުވެސް ނުވާ ކަމަށް ބުނެ ފެތުރިފައިވާ ވާހަކަ އަށް އިޝާރާތް ކުރައްވައި މުންދު ވަނީ ރައީސުލް ޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނާއި ބައްދަލު ނުކުރަންވީ ކީއްވެތޯ؟ ސުވާލު އުފައްދަވާފަ އެވެ.

މުންދު ވިދާޅުވީ ސަރުކާރުން އެދިގެން ނުވަތަ އަންގައިގެން އެއްވެސް ފަރާތަކަށް އެ ދައުވަތަކަށް ހުރަސް އަޅާފައި ނުވާ ކަމަށާއި، ވަރަށް ގިނަ ރައްޔިތުން ރައީސުލް ޖުމްހޫރިއްޔާ އާއި ބައްދަލުކުރެއްވުމަށް ވަޑައިގެންނެވި ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk