"ސަރުކާރުގެ މީޑިޔާ ވިލެޖް" އަންނަ މަހު ނިމޭނެ: މުންދު

ރިޟްވާން މޫސާ - 07 މޭ 2026 - 14:05
ސަރުކާރުން ތަރައްގީކުރާ މީޑިއާ ވިލެޖުގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ މީޑިޔާ އޮފީސް ތަކުން އަދި މީޑިޔާ ތައް ހިންގުމުގައި އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ބޮޑެތި ކުލީގައި ކުއްޔަން ނަގަން ޖެހޭ ކަން ފާހަގަ ކުރައްވައި އެކަމަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރިޔާސީ ބަޔާނުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ މީޑިޔާ ތަކަށް ދިމާވާ މިފަދަ އެކިއެކި ގޮންޖެހުންތަކުން ހައްލު ހޯއްދަވައި ދެއްވުމަށް ސަރުކާރުން ވަރަށް ބޮޑެތި ޕްލޭން ތަކެއް ކުރަމުން އަންނަ ކަންވެސް ފާހަގަކުރައްވާފަ އެވެ.
ސަރުކާރުގެ ވީކްލީ "ޕްރެސަރ ވިތު ދަ ސްޕޮކްސް" ގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ އިސް ތަރުޖަމާން މުންދު ވިދާޅުވީ ސަރުކާރުން ތަރައްގީކުރާ މީޑިއާ ވިލެޖުގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މުންދު ވިދާޅުވީ ރާއްޖޭގެ މީޑިއާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ މީޑިއާ ވިލެޖު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ކަމަށެވެ. އަދި ވިދާޅުވީ އެތަނުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް އިން ކަަމަށެވެ.
ހުޅުމާލެ ފޭސް 1 ގައި ހަދަމުންދާ މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނޭ ކަމަށާއި، މިތަން ނިމި މީޑިއާތަކަށް ބޭނުން ހިފުމުގެ ފުރުޞަތު މި އަހަރުގެ މެދު ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީޑިއާ ވިލެޖު ތަރައްގީ ކުރަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މީގެ 17 ވަރަކަށް އަހަރު ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ހެދި އިމާރާތުގައެވެ. އެތަން ރާއްޖޭގެ ތަރައްޤީއަަށް އިންޤިލާބީ ބަދަލެއް ގެންނާނެ ފަދަ ގޮތަކަށް ތަރައްޤީކޮށް، ހިންގުން ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ.
ޤައުމު ތަރައްޤީކުރުމުގެ އައު އިސްތިރާޖީ ތަޞައްވުރުގެ ބައެއްގެ ގޮތުން، "މަންހަޓަން ގްރޭންޑު"ގެ ނަމުގައި އެ ހޮޓާ އަލުން ތަރައްޤީކުރާއިރު، އެތަނުގެ 3 ނުވަތަ 5 ފަންގިފިލާ ޚާއްޞަ ކުރަނީ، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި މުހިންމު 4 ވަޢުދެއް ފުއްދާ ދިނުމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ފައްޔާޒަކީ ތެދުބަހުން ވާހަ ދައްކާ ބޭފުޅެއް: ވައްޑޭ
4 ގަޑިއިރު ކުރިން

ތެލެސީމިއާ ކުދިންނަށް އޯގާތެރިވުމަށް އިލްތިމާސް ކުރަން: ސާޖިދާ
4 ގަޑިއިރު ކުރިން
ލަންކާގައި ދިރިއުޅުއްވާ ދިވެހިންގެ ހުރިހައި ކަންބޮޑުވުންތަކެއް ރައީސް އަަޑުއެއްސެވި: މުންދު
ދުވަހެއް ކުރިން

"ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން" ޖުމްލަ 7 ވޯޓު ފޮށި ބަހައްޓާނެ: އީސީ
ދުވަހެއް ކުރިން


.gif&w=3840&q=75)