
އާއްމުންނަށް ބީއެމްއެލްގައި ޑޮލަރު އިންވެސްޓް ކުރެވޭ ގޮތް ހަދައިފި

މުޙައްމަދު ފަޟްލޫން - 30 ޖޫން 2026 - 07:53
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލުމުގެ ގޮތުން އިންވެސްޓްމަންޓްސް ގެ ނަމުގައި އައު ހިދުމަތެއް މިއަދު ތައާރަފްކޮށްފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި ޗެޓް ވިތު ސީއީއޯ ހަރަކާތުގެ ތެރެއިން މި ހިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްދެއްވީ ބޭންކުގެ އިސްވެރިންނެވެ.
މި ހިދުމަތުގެ ދަށުން، ކޮންމެ ދުވަހަކުވެސް ތަފާތު މިންވަރަށް ފައިދާ ލިބޭ އިންވެސްޓްމަންޓް ޕޫލްތަކެއް ތަޢާރަފުކުރެވޭނެއެވެ.
ބޭންކުގެ މޯބައިލް އެޕްލިކޭޝަން ނުވަތަ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް، އެވަގުތަކު ހުޅުވާލެވިފައިވާ ޕޫލްތަކުގެ ތަފުސީލު ބަލައިލުމާއި، އިންވެސްޓްމަންޓްގެ މުޢާމަލާތްތައް ވަގުތުން ފުރިހަމަކުރުމުގެ ފަސޭހަކަން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
އިންވެސްޓްކުރާ ޑޮލަރަށްވާ ދިވެހި ރުފިޔާގެ އަދަދު ކަސްޓަމަރުގެ އެކައުންޓަށް ވަގުތުން ޖަމާވާނެއެވެ.
އިންވެސްޓްމަންޓުން ލިބޭ ފައިދާ ޖެހިގެން އަންނަ ދުވަހު ރުފިޔާ އެކައުންޓަށް ޖަމާކޮށްދޭނެއެވެ.
ބޭންކުން ހާމަކުރި ގޮތުގައި، މި ޕޫލްތަކުން ލިބޭ ފައިދާ 25 އިންސައްތައާ ހަމައަށް އުފުލިގެންދިއުމުގެ ފުރުސަތު އޮންނާނެއެވެ.
މި ހިދުމަތާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ކޮންމެ ކަސްޓަމަރަކަށްވެސް ބޭންކުގައި ޑޮލަރު އިންވެސްޓްކޮށްގެން ފައިދާ ހޯދުމަށް ހުޅުވާލެވުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.
މިއީ ބޭންކުގެ މުޢާމަލާތްތަކަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށާއި، އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއިން ބޭރުގެ މުޢާމަލާތްތަކަށް ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ކުރާ ހަރަދު ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ވަނީ 3.7 ގުނަ އިތުރުވެފައެވެ.
މަހެއްގެ މައްޗަށް އެވްރެޖްކޮށް 39.3 މިލިއަން ޑޮލަރުގެ މުޢާމަލާތް މިހާރު ކުރެވެމުންދާއިރު، މި ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދުވެސް ވަނީ ދެގުނައަށްވުރެ އިތުރުވެފައެވެ.
މި ހަފްލާގައި ބޭންކުގެ އައު އިންވެސްޓްމަންޓް ހިދުމަތް ބޭނުންކުރާނެ ގޮތުގެ ތަފްސީލީ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
މި ޚިދުމަތުގެ ދަށުން ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް 25 އިންސައްތައިގެ ނަފާއެއް ލިބޭނެކަމަށް ބީއެމްއެލްއިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، އިންވެސްޓްކުރާ ޑޮލަރަށްވާ ދިވެހި ރުފިޔާ ވަގުތުން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، މުޢާމަލާތް ފުރިހަމަވުމާއެކު އެއަށް ލިބޭ ފައިދާވެސް ކަސްޓަމަރުގެ އެކައުންޓަށް ޖަމާކޮށްދެވޭނެކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ ސިޓީ، ތޮއްޖެހުން ކުޑަކުރުމަށް ސިޓީ ކައުންސިލުން ސަރވޭއް ފަށައިފި
ގަޑިއިރެއް ކުރިން

ގެސްޓްހައުސް އެވޯޑަށް އަންނަ މަހު ހުޅުވާލަނީ
5 ގަޑިއިރު ކުރިން

ފްލެމިންގޯ ގޭގައި އަލިފާން ހިފާފައިވަނީ އޭސީ އިންޑޯ ޔުނިޓްގައި ރޯވެގެން: އެންޑީއެމްއޭ
5 ގަޑިއިރު ކުރިން

އޭއީއެޗްގައި އެމްއާރް ވެކްސިން ދޭން ފަށަައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)