
ފުލުހުންގެ ބެލުމުގެދަށުން ފިލި ޒުވާނަކު، ޝަރީއަތް ނިމެންދެން ބަންދަށް!

އާމިނަތު ޝަޒްލާ - 05 ޖުލައި 2026 - 06:15
ފުލުހުންގެ ބެލުމުގެދަށުން ފިލި 18 އަހަރުގެ ޒުވާނަކު، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލާގައި ބަންދުކުރަން އަމުރުކޮށްފައިވަނީ ދ. ކުޑަހުވަދޫއަށް ނިސްބަތްވާ ޒުވާނެކެވެ. ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާއަކީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނިކޮށް ފިލައިގެން ދިޔަ މީހެކެވެ. މައްސަލައިގެ ތަހުގީގު އިދާރާގެ އޮފިސަރު ކޯޓުގައި ވިދާޅުވި ގޮތުގައި، އެ ޒުވާނާ ވަނީ ތަކުރާރުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައެވެ. އަދި ބަންދުގައި ހުރި މަރުކަޒުން ބޭރަށް ދިއުމަކީ މަނާކަމެއްކަން އަންގާފައި ވަނިކޮށް، އޭނާ ވަނީ ގަސްދުގައި އެ ތަނުން ފިލާފައެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ވާޖިބަށް ހުރަސްއެޅުމަކީ ނުހަނު ސީރިއަސް މައްސަލައެކެވެ. އަދި އޭނާ ފިލާފައިވަނީ ގަސްދުގައި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ނިޔަތުގައި ކަމަށް ބެލެވޭ ފުދޭވަރުގެ ހެކި ހުރިކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން، އޭނާ ފުލުހުންގެ މަރުކަޒުން ފިލުމުގެ ކުރިން އެ ތަނުގެ ތެރޭގައި އިތުރު ބަޔަކާ ގުޅިގެން ކަންތައްތަކެއް ރާވާފައިވާ ކަމަށް ބެލެވޭ ކަންކަން ހުރިކަން ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. މި ހުރިހާ ހުއްޖަތްތަކަކަށް ރިއާޔަތްކުރެއްވުމަށްފަހު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ނިންމަވާފައިވަނީ، ތަހުގީގު މަރުހަލާ ނިމެންދެން އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ސްރީލަންކާގެ ޖަލެއްގައި ހިނގި މާރާމާރީއެއްގައި ދެމީހަކު މަރާލައިފި
39 މިނިޓު ކުރިން

އެއަރޕޯޓް މުވައްޒަފުންނަށް އިންޒާރުދިންކަމަށް ބުނާ ވާހަކަތައް އެމްއޭސީއެލް އިން ދޮގުކޮށްފި
ގަޑިއިރެއް ކުރިން

ބިންހެލުމާ ގުޅޭގޮތުން ފަތުރަނީ ދޮގު މެސެޖެއް: މެޓް އޮފީސް
ގަޑިއިރެއް ކުރިން

ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް އެންސްޕާގެ ހާއްސަ ނަމްބަރެއް ތައާރަފްކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)