logo
މަޑުއެކޭ، ޗެލްސިގެ ކޯޗު މަރެސްކާ އާއިއެކު..

މަޑުއެކޭ، ޗެލްސިގެ ކޯޗު މަރެސްކާ އާއިއެކު..

މަޑުއެކޭ އާސެނަލްއަށް ބަަދަލުވަނީ އޭނާ އަމިއްލައަށް ބޭނުންވެގެން: މަރެސްކާ

profile

ހަސަން ޝަމްއޫން - 12 ޖުލައި 2025 - 02:51

ޗެލްސީގެ ޒުވާން ފޯވާޑް ނޯނީ މަޑުއެކޭ ވާދަވެރި އާސެނަލްއަށް ބަދަލުވަނީ އޭނާ އަމިއްލައަށް ބޭނުންވެގެންކަމަށާއި ޗެލްސީ އިން ބޭނުން ނުވެގެން އޭނާ ވިއްކާލަނީ ނޫންކަމަށް އެޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.

https://wamco.com.mv/

"ކުޅުންތެރިޔަކު ޓީމު ދޫކޮއްލުމަށް ބޭނުންވާނަމަ އެކުޅުންތެރިޔަކު ހިފެހެއްޓުމަކީ ޓީމަށާއި ކޯޗަކަށް ވެސް ކުރެވޭނެ ކަމެއް ނޫން.. މަޑުއެކޭ ބޭނުން ވަނީ އާސެނަލްއަށް ބަދަލުވާން... އެއްވެސް މިހާކު ނުބުނޭ މިޓީމުގައި އޭނާއަށް މުސްތަގުބަލެއް ނެތޭ...އެއީ ކުޅުންތެރިޔާގެ އަމިއްލަ ނިންމުމެއް އަދި އެކަމަށް އަހަރެމެން އިހުތިރާމްކުރާނަން"

އުމުރުން 23 އަހަރުގެ ފޯވާޑް ހޯދުމަށް އާސެނަލް އިން 52 މިލިއަން ޕައުންޑް ހުށަހަޅާފައިވާއިރު، އާދިއްތަ ދުވަހުގެ ރޭ ކުޅޭ ކުލަބު ވޯލްޑްކަޕްގެ ފައިނަލަށް ފަހު އާސެނަލް އާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މަޑުއެކޭ ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓޮޓެމްހަމްގެ އެކަޑަމީ އިން ކެރިއަރު ފެށި މަޑުއެކޭ 2023 ވަނަ އަހަރު ޗެލްސީއަށް ބަދަލުވީ ނެދަލޭންޑްސް ޕީއެސްވީގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު އެވެ. އަދި ޗެލްސީގައި ހޭދަކުރި ދެއަހަރު ތެރޭގައި އޭނާ ވަނީ އެޓީމަށް 92 މެޗު ކުޅެ 20 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން މިދިޔަ ސީޒަނުގައި އެޓީމަށް ޔުއެފާ ކޮންފަރެސް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

ކުރިއަށް އޮތް ސީޒަނަށް ޓީމުގެ އެޓޭކު ވަރުގަދަކުރުމުގެ ގޮތުން ޗެލްސީ އިން މިހާރު ވެސް ވަނީ ހަތަރު ކުޅުންތެރިއެއްގެ ސޮއި ހޯދާފައެެވެ. މިއާއެކު އެޓީމު އެޓޭކުގައި މިވަގުތު ހިމެނޭ ކުޅުންތެރިންގެ ތެރެއިން ކްރިސްޓޮފާ އެންކުންކޫ އަދި ނިކޮލަސް ޖެކްސަންގެ މުސްތަގުބަލާއި މެދުގައި ވަނީ ސުވާލު އުފެދިފައެވެ.

މީގެ އިތުރުން، މިދިޔަ ތިން ސީޒަން ލީގުގެ ދެވަނައިގައި ނިންމާލި އާރސެނަލް އިން ވެސް ދަނީ ޓީމު ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދަމުންނެވެ. އެގޮތުން މިހާތަނަށް އެޓީމުން ވަނީ މާޓިން ޒުބިމެންޑީ އާއި ނޯގާރޑްގެ އިތުރުން ޗެލްސީގެ ކުރީގެ ކީޕަރު ކެޕާގެ ސޮއި ހޯދާފައެވެ.

https://etukuri.mv/
https://www.aslu.com.mv