
100 އަށްވުރެ ގިނަ ވިޔަފާރިއާއި އެކު ފުޑް ކާނިވަލް ފަށައިފި

މުޙައްމަދު ފަޟްލޫން - 26 ޖޫން 2025 - 17:18
100 އަށް ވުރެ ގިނަ ވިޔަފާރި ސްޓޯލްތަކާއި އެކު ފުޑް ކާނިވަލް ފަށައިފިއެވެ.
ދިވެހީންގެ ގިނަ ވިޔަފާރިތަކެއް ކޮންމެ އަހަރަކު ވެސް ބައިވެރިވާ ފުޑް ކާނިވްލް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 25 އިން 28 އަށް ސެންޓްރަލް ޕާކުގައެވެ.
ކޮންމެ ދުވަހަކު ހަވީރު 4 އިން ރޭގަނޑު 11:30 އަށް އެ ކާނިވަލް އާންމުންނަށް ހުޅުވާލާނެއެވެ.
މި ފުޑް ކާނިވަލްގައި ތަފާތު އެކި ކާބޯތަކެތީގެ ވައްތަރުތަކާއި އަދި ދިވެހިންގެ އެހެނިހެން ހުނަރުތައް ދައްކުވައިދޭ ސާމާނު ގަންނަން ލިބެން ހުރެއެވެ.
ފުޑް ކާނިވަލްގައި އެކި ކަހަލަ ވާހަކަ ފޮތްތަކާއި ގަހަނާތަކާއި ލާ އަންނައުނު ލިބެން ހުރެއެވެ.
ގިނަ ލަކީ ޑްރޯތަކުން ވަނަތައް ހޯދައިގެން އަގުބޮޑު ހަދިޔާ ލިބުމުގެ ފުރުސަތު މި ކާނިވަލުން ލިބިގެންދާނެއެވެ.
މިދިޔަ އަހަރު ވެސް 32،000އަށް ވުރެ ގިނަ މީހުން މި ކާނިވަލްއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އެހެންކަމުން މިއަހަރުވެސް 32 ހާހަށްވުރެ ގިނަ މީހުން ފުޑް ކާނިވަލަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.
މިއަހަރުގެ ފުޑް ކާނިވަލްގެ އެންމެ ފަހުގެ މައުލޫމާތު އިންސްޓާގުރާމު އެކައުންޓުން ލިބެން ހުންނާނެ އެވެ.
މި ކާނިވަލްގައި ހިނގަމުންދާ ގިނަ ހާއްސަ ކަންކަމުގެ ޕޮޓޯތަކާއި ވީޑިއޯތައް ފުޑް ކާނިވަލްގެ މީސްމީޑިއާ ވަސީލަތްތަކުން ލިބެން ހުންނާނެއެވެ.
މި ކާނިވަލް އިންތިޒާމުކޮށްފައިވަނީ ވަނީ ތިންކް އެސޯސިއޭޝަނުން އަދި ޓޭސްޓް އެމްވީއިންނެވެ. މިހަރަކާތް ކުރިއަށްގެންދަނީ އެޗްޑީސީ އާއި ގުޅިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން