logo

ސަލްމާން މިސްކިތުގެ އިސްލާމިކް ލައިބްރަރީ މިމަހު 12 ގައި ހުޅުވަނީ

profile

ޒިދާން މުޙައްމަދު - 03 ޖުލައި 2025 - 13:02

ސަލްމާން މިސްކިތުގެ އިސްލާމިކް ލައިބްރަރީ މިމަހު 12 ގައި ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ، އިސްލާމިކް ލައިބްރަރީ ރަސްމީކޮށް އިފްތިތާޙްކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ވަމުންއަންނަކަމަށެވެ. އެގޮތުން އެތަން ރަސްމީކޮށް އިފްތިތާޙްކުރުމާ ގުޅޭގޮތުން އެ މިނިސްޓްރީގެ އިސްވެރިންނާއެކު މިއަދުވެސް މަޝްވަރާކުރައްވާފައިވާކަމަށެވެ.

މިމަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙުކުރުމަށް ހަމަޖެހިފައިވާ އިސްލާމިކް ލައިބްރަރީ ހުޅުވިގެންދާނީ 15 ހާސް ފޮތާއެކުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ޤައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ނިންމާފައިވާކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވީ، ހއ. ދިއްދޫ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ރ. އުނގޫފާރު އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރ ލައިބްރަރީގެ އިތުރުން، އައްޑޫ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި، އަދި މީގެއިތުރުންވެސް އަތޮޅުތަކުގައި ޤާއިމު ކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ޤައުމެެއްގެ ޔުނިވަރސިޓީއަކުން ހަމަޖެހިފައިވާކަމަށެވެ.

https://wamco.com.mv/

އެގޮތުން 60 ހާސް ފޮތް ލިބޭނެ ކަމަށް އަންގާފައިވާކަމަށް ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay