
ރައީސް ސޯލިހް ރައީސް ނަޝީދަށް ގުޅުއްވައި މަރުހަބާ ވިދާޅުވެއްޖެ

މުޙައްމަދު ފަޟްލޫން - 25 ޖޫން 2025 - 04:37
ފޯނުން ގުޅުއްވައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވީ 2 އަހަރަށްފަހު އެމްޑީޕީއާއި އަނބުރާ ގުޅިވަޑައިގަތުމުންނެވެ.
ރާއްޖެއިން ބޭރުގައި ހުންނަވާ ފޯނުން ގުޅުއްވާ ރައީސް ސޯލިހު ވަނީ ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެ ޑިމޮކްރެޓްސް އިން ވަކިވެ އެމްޑީޕީއާއި އަލުން ގުޅިވަޑައިގެންނެވި މެންބަރުންނަަށްވެސް މަރުހަބާ ވިދާޅުވެފައެވެ.
ރައީސް ނަޝީދު އެމްޑީޕީއާއި ގުޅިވަޑައިގަތުމާއި ގުޅިގެން ހާއްސަ ޖަލްސާއެއް ހޯމަ ދުވަހުގެ ރޭ ސަލްޓަންޕާކުގައި ވަނީ ބާއްވާފައެވެ.
ރައީސް ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިގަތީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.
ރައީސް ނަޝީދު އެމްޑީޕީ އިން ވަކިވެ ވަޑައިގެންފައިވަނީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ރައީސް ސޯލިހާއި ވާދަކުރައްވައި ނާކާމިޔާބު ވެ ވަޑައިގަތުމަށް ފަހުގައެވެެ. އެމްޑީޕީގެ ލީޑަރޝިޕާއި ރައީސް ސޯލިހަށް ކުރެވުނީ ގިނަ އާއްމު މެމްބަރުންތަކެއް އެމްޑީޕީގެ ދަފްތަރުން އުނިކުރި ކަމުގެ ތުހުމަތެވެ. އެ ތުހުމަތުތަކާއެކު ރައީސް ނަޝީދު އެމްޑީޕީގެ ތެރޭގައި ހުންނަވައި ފިކުރެއްގެ ދިރުމުގެ ނަމުގައި ސިޔާސީ ހަރަކާތްތައް ހިންގެވިއެވެ. އެއަށްފަހު ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން އެމްޑީޕީ އިން ވަކިވެ އައު ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ.
ދަ ޑިމޮކްރެޓްސްގެ ނަމުގައި ރައީސް ނަޝީދު އިސްވެ ހުންނަވައި ސިޔާސީ ޕާޓީއެއް އަލަށް އުފައްދަވައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވިއެވެ.
ރައީސް ނަޝީދު އާއި ދަ ޑިމޮކްރަޓްސްގެ މެމްބަރުން، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އާ އަލުން ގުޅުމަށް ނިންމި ނިންމުމަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މަރުޙަބާ ވިދާޅުވެ އެކްސްގައި ވެސް ޕޯސްޓެއް ކުރެއްވިއެވެ.
ބުރާސްފަތި ދުވަހު އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ދަ ޑިމޮކްރެޓްސްގެ މެމްބަރުންނަށް މަރުޙަބާ ދަންނަވައި ރައީސް ޞޯލިޙު ވިދާޅުވެފައި ވަނީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދެމި ތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ރައްޔިތުންގެ މަޞްލަޙަތު އަބަދު ވެސް އިސްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ. މީގެ އިތުރުން ރައީސް ޞޯލިޙު ވަނީ ޅެން ބައިތެއް ވެސް ހިމަނުއްވައިފަ އެވެ.
ރައީސް ސޯލިހް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ހުރަސްތަކާ ދިމާވެދާ ޢަދަދުނުވާނެ ދަތިތަކުން، ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން. ޤައުމިއްޔަ އިލްތިމާސުތަކަށް ޢަމަލުކުރާށެ ހެޔޮހިތުން، އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާމަގެއް ކޮށާން އެވެ.
2023 ގެ ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީގެ ފަހުން ރައީސް ސޯލިހް ވަނީ އެމްޑީޕީ އިން ވަކިވެ ދިޔަ މެމްބަރުން އަލުން އެޕާޓީ އާއި ގުޅުމަށް އެދޭ ކަމަށާއި އެބޭފުޅުން އަލުން އެމްޑީޕީ އަށް އައުމަށް ދައުވަތު ދެއްވާފައެެވެ. އަދި އެމްޑީޕީ އަކީ އެންމެން އެކީގައި އުފައްދާފައި އޮތް ޕާޓީ އެއް ކަމަށާއި، އެއީއެންމެންގެ ވެސް ޕާޓީއެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދާއި ދަ ޑިމޮކްރެޓްސްގެ ގެ ހުރިހާ މެމްބަރުންނަށް އެމްޑީޕީގެ އާއްމު މެމްބަރުންނާއި ލީޑަރޝިޕުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަންހެނަކު ވިއްކާލާނެ ކަމަށް، އޭނާގެ ކުރީގެ ފިރިމީހާ ބުނި މައްސަލައެއް ފުލުހުން ބަލަނީ
15 ގަޑިއިރު ކުރިން

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި
16 ގަޑިއިރު ކުރިން

އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީ ގެނެސްދިނީ އެމްޑީޕީ އިން: ރައީސް ނަޝީދު
18 ގަޑިއިރު ކުރިން

މިނިސްޓަރ ޢަލީ ޝަރީފު، ޔޫއެންއީޕީގެ އެގްޒެކެޓިވް ޑައިރެކްޓަރާ ބައްދަލުކުރައްވައިފި
19 ގަޑިއިރު ކުރިން


.gif&w=3840&q=75)