
ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެ: މެޓް
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 10 ޖުލައި 2025 - 11:27
ކުރިއަށް އޮތް ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ވަނީ މޫސުން ގޯސްވާނެތީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން ސަމާލު ނެރެފަވަނީ އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށެވެ.
މި ސަމާލު ނެރެފަވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށެވެ. ވިލާގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މޫސުމާ ބަހޭ ޤައުމީ އިދާރާއިން ބުނެއެވެ. ކަނޑުތައްވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ.
މެޓް އޮފީހުން ބުނީ އެހެން ހިސާބުތަކަށް އާންމު ގޮތެއްގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
ކުރިއަށް އޮތް ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން ހުރިހާ ސަރަޙައްދުތަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ.
ހުޅަނގު މޫސުމުގެ ހަ ވަނަ ނަކަތް ކަމުގައިވާ "އަދަ" ނަކަތް ނިމި، މިހާރު ގުނަމުން މިދަނީ ހަތްވަނަ ނަކަތް "ފުނޯސް" ގެ ދުވަސްތަކެވެ.
މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 10ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 18.52 ކިލޯމީޓަރެވެ. ފާއިތުވި ނަކަތަށް ވުރެ ނަކަތުގައި މަސްވެރިކަން ދަށްވާނެ ކަމަށް ބެލެވެއެވެ.
ނަމަވެސް، މި ނަކަތުގައި މަސްވެރިކަން އާދައިގެ ވަރަކަށް ކުރެވޭނެއެވެ.
18 ނަކަތް ހިމެނޭ ހުޅަގު މޫސުން ފެށުނީ އޭޕްރީޕް މަހުއެވެ. އިރުވައި މޫސުން ނިމުނީ އޭޕްރީލް ހަތްވަނަ ދުވަހު 'ރޭވަ' ނަކަތުންނެވެ. އިރުވައި މޫސުމުގައި ހިމެނުނީ ޖުމުލަ ނުވަ ނަކަތެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން