logo

އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭ ކަމަކީ އަމީރު ޝަރީޢަތަށް ފޮނުވުން - ނަޝީދު

profile

އަހުމަދު ޒަލީފު - 14 ނޮވެމްބަރު 2023 - 10:52

ރައީސް މުޙައްމަދު ނަޝީދު، މައްޗަންގޮޅި މެދުދާއިރާގެ ގޮނޑީގައި

ރައީސް މުޙައްމަދު ނަޝީދު، މައްޗަންގޮޅި މެދުދާއިރާގެ ގޮނޑީގައި

ދައުލަތުގެ މާލީ ވަޒީރަކަށް މަޖިލީހަށް ގޮން ނުޖެހޭނެ ކަމަށާއި ވަޒީރު ޝަރީއަތަށް ފޮނުވަންޖެހޭ ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މާލިއްޔަތުގެ ގާނޫނުގައި ބުނާ ގޮތުން ކޮންމެ ނޮވެމްބަރު 1 ގެ ކުރިން މަޖިލިހަށް ބަޖެޓު ހުށަހަޅަން ފިނޭންސް މިނިސްޓަރަށް ލާޒިމްވެއެވެ. އެހެންނަމަވެސް އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅުމަށް ފިނޭންސް މިނިސްޓަރ އަމީރު މަޖިލީހަށް ހާޒިރުވެ ވަޑައިގެންނެވީ މިއަދުއެވެ. މިކަމާއި ގުޅިގެން ޑިމޮކްރެޓްސްގެ މެންބަރުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ނިޒާމީ މައްސަލަ ނަންގަވައި އެ މެމްބަރުން ވިދާޅުވަމުންދަނީ ފިނޭންސް މިނިސްޓަރު ގާނޫނުއަސާސީ އާއި ގާނޫނާއި މަޖިލިހުގެ ގަވައިދާ ހިލާފުވެފައިވާތީ ފުރަތަމަ އެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ. ޑިމޮކްރެޓްސްއިން ބުނަމުންދަނީ އަމީރު މަޖިލީހުގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާ ކަމަށެވެ.

ނިޒާމީ މައްސަލަ ނަންގަވައި ރައިސް ނަޝީދު ވިދާޅުވީ ގާނޫނުގައި ބުނާ މުއްދަތުގައި ވަޑައިނުގަތް މައްސަލައިގައި އަމީރުގެ މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ފޮނުވަން ޖެހޭނެ ކަމަށެވެ.

"މާލީ ވަޒީރު މިތަނަށް ވަޑައިގެން އެ އިންނެވީ، ކުށުގެ ތުހުމަތުގައި އިންނަވައިގެން. މި މަޖިލީހަށް ބަޖެޓް ހުށަހެޅުމަށް މާލިއްޔަތު ގާނޫނު ވަރަށް ސާފުކޮށް ބަޔާން ކުރޭ އެކަން ކުރަންވީ މުއްދަތު. ސިޔާސީ ބޭނުމަށް އެބޭފުޅުން މިތަނުގައި އެކަން އަނބުރަމުން އެ ގެންދަވަނީ. ދިވެހި ދައުލަތުގެ ނިޒާމް ގެއްލުވާލައިގެން ނުވާނެ. މާލީ ވަޒީރު މިވަގުތު ޝަރީއަތަށް ފޮނުވުން އެއީ މިވަގުތު އަޅުގަނޑުމެން ކުރަން އޮތް އެންމެ މުހިންމު މަސައްކަތް. މީ ނިޒާމީ ނުކުތާއެއް،" ނަޝީދު ވިދާޅުވިއެވެ.

މާލީ ވަޒީރު މަޖިލިހަށް ވަޑައިގެން އިންނެވީ ކުށުގެ ތުހުމަތުގައި އިންނަވައިގެން ކަމަށެވެ. މާލިއްޔަތުގެ ގާނޫނުގައި ބަޖެޓު ހުށަހަޅަންވީ ދުވަސްތައް ބަޔާންކޮށްފައިވާ ކަމަށާއި ސިޔާސީ ބޭނުމެއްގައި އެ ބޭފުޅުން އެކި ގޮތް ގޮތަށް އަނބުރަމުން ގެންދާ ކަމަށެވެ.

"މަޖިލިހުގެ ބާރުތަކެއް ދޫކޮށެއް ނުލެވޭނެ މާލީ ވަޒީރަކަށް. މަޖިލިހަށް ގޮން ނުޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައިމާލީ ވަޒީރަށް މަޖިލީހުގެ ބާރުތައް ދޫކޮށްލައި، އެބާރުތަކަށް ގޮން ނުޖެހޭނެއެވެ. އެހެންކަމުން އެއީ މަޖިިލިހުގައި އޮތް އެންމެ ބޮޑު ނިޒާމީ ނުކުތާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

tel:+9607331319