logo

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު ކުރިން ބޭރުކޮށްލީ އިންވެސްޓަރުންގެ އިތުބާރު ނަގާލަން: މެމްބަރު ފަޒާދު

profile

އާމިނަތު ޝަފާ - 06 ޖުލައި 2024 - 04:57

މެމްބަރު ފަޒާދު

މެމްބަރު ފަޒާދު

19 ވަނަ މަޖިލީހަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ހުށަހެޅި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު ބޭރުކޮށްލީ އިންވެސްޓަރުންގެ އިތުބާރު ނަގާލަންކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ފަޒާދު މިފަދައިން ވިދާޅުވީ އަސްލު ޓީވީގެ ދިވެހިންގެ މެމްބަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރީ ސަރުކާރުން ބިލު ބޭރުކޮށްލާފައިވަނިކޮށް ސަރުކާރުގެ ފަރާތުން ފަޒާދުވަނީ 20 ވަނަ މަޖިލީހަށް ބިލު ހުށަހަޅުއްވާފައެވެ.

ފަޒާދު ވިދާޅުވީ ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ މުއްސަނދިކަން ދެމެހެއްޓުމާއި ދަރަނީގެ މައްސަލަ ކުރިއާލާ ހައްލުކުރުންކަމަށެވެ. އެމްޑީޕީން ބިލު ބޭރުކޮށްލި ސަބަބުވެސް ފަޒާދުވަނީ ކިޔާދެއްވާފައެވެ.

މި ބިލުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނަށް އިތުބާރު ލިބޭ. ހިތްހަމަޖެހުމަކާ އިތުބާރެއް ހޯދައިދެވޭ. 19 ވަނަ މަޖިލީހުން ބިލު ބޭރުކޮށްލީ މި އިތުބާރު ގައިމުވިޔަ ނުދިނުމަށް.

ފަޒާދު ވިދާޅުވީ ކުރިންވެސް ސޮވްރިން ފަންޑެއް އޮންނަކަމަށާއި އެހެންނަމަވެސް ގާނޫނީ ބާރުވެރިކަން މި ފަންޑަށް ލިބިދީފައިނުވާކަމަށެވެ.

އާދައިގެ އެކައުންޓެކޭ މިހާރު އޮންނަ ފަންޑެކޭ އޮޕްރޭޓްކުރުމުގައި ތަފާތެއްނެތް. ގާނޫނީ އެއްވެސް އުސޫލެއް ހަމައެއް އޮނިގަނޑެއް ނެތް. އިތުބާރު ހޯދުމަށް ގާނޫނީ ބާރުވެރިކަން ދޭންޖެހޭ.

ކުރީ ސަރުކާރުގައި ފެނިގެންދިޔައީ މި ފަންޑުގެ ބޭނުން ހިތުހުރިގޮތަކަށް ހިފި މަންޒަރުކަމަށް ފަޒާދު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ފަޒާދު ދެއްކެވީ ފަންޑަށް ޖަމާކޮށްފައިހުރި ޑޮލަރު މާރު ކުރުމަށް ފަހު ބޭނުންކުރިކުރުމެވެ.

ސަރުކާރު ހަވާލުވީއިރު ހުރީ 2 މިލިއަން ޑޮލަރު. މިހާރު އެ އަދަދު މައްޗަށް ޖައްސާފައިވަނީ. ހަގީގަތުގައި އެމްޑީޕީއަކަށް ނޭނގުނު ރައީސް ޔާމީން އެ ފަންޑު އުފެއްދި މަގުސަދުގައި ފަންޑުގެ ބޭނުން ހިފާކަށް.

ދައުލަތުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަކުރަން އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑަކީ ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމާއި ގައުމަށް ދިމާވާ އިގުތިސާދީ ކާރިސާގެ ހާލަތުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ފައިސާ ހަމަޖެއްސުމުގެ މަގުސަދުގައި އުފައްދާފައިވާ ފަންޑެކެވެ.

ސޮވްރިން ފަންޑާ ގުޅޭ ވަކި ގާނޫނެއް މިހާތަނަށް ހަދާފައި ނުވާއިރު މިހާރު އެ ފަންޑު ބަލަހައްޓަމުން އަންނަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ހިމަނާފައިވާ ސޮވްރިން ފަންޑާ ގުޅޭ މާއްދާގެ ދަށުން ފިނޭންސް މިނިސްޓްރީއާ އެކީ ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއެމްއޭއިންނެވެ.

https://etukuri.mv/
tel:+9607331319