
މޯލްޑިވިއަންގެ ބޯޓެއް
މޫސުން ގޯސްވެ މޯލްޑިވިއަންގެ ފްލައިޓެއް ނުޖެއްސިގެން އަނބުރާ މާލެއަށް

އަހުމަދު ޒަލީފު - 23 މޭ 2024 - 04:00
މޫސުން ގޯސްވެ މާލެއިން ކައްދޫއަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއް ނުޖެއްސިގެން އަނބުރާ މާލެ އަންނަން ޖެހިއްޖެއެވެ
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ލ. ކައްދޫ އެއާޕޯޓަށް ރޭ 10:35ގައި ފުރި ފްލައިޓް ކައްދޫ އެއާޕޯޓުގައި ޖައްސަން އުޅުމުން މޫސުން ގޯސްވެ ނުޖެއްސިގެން އަނބުރާ މާލެ އައީއެވެ.
މޯލްޑިވިއަންގެ ފްލައިޓް ޑީކިޔޫއޭ 2168 ކައްދޫ އެއާޕޯޓުގައި ނުޖެއްސުނީ މޫސުން ގޯސްވެ ވައި ބާރުވުމާއި ގުޅިގެންނެވެ. ފްލައިޓް ނުޖެއްސި ވަރަށް ގިނައިރު ކައްދޫގެ ދެކުނުން ކަނޑުގެ ސަރަހައްދުގައި ބުރުޖަހާފައިވެެއެވެ.
ކައްދޫގައި ނުޖެއްސިގެން ފްލައިޓް އަނބުރާ މާލެއަށް އައިސް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވަނީ ރޭ ދަންވަރު 00:32 ހާއިރުއެވެ.
ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީދޫ ސަމާލު ނެރެފައިވާއިރު ވައިބާރުވެ ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ، މެޓުން ވަނީ ލަފާކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން