.jpg&w=3840&q=75)
އިތުރު 3 އެއަރލައިނެއްގެ ޚިދުމަތް ވީއައިއޭގެ އައު ޓަރމިނަލަށް ބަދަލުކޮށްފި

ޝަހްޒާ މުޙައްމަދު - 18 ނޮވެމްބަރު 2025 - 08:15
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލަށް އިތުރު 3 އެއަރލައިނެއްގެ ޚިދުމަތް ބަދަލުކޮށްފިއެވެ. މިއާއެކު އައު ޓަރމިނަލަށް ޚިދުމަތް ބަދަލުކުރި އެއަރލައިންތަކުގެ ޖުމްލަ އަދަދު މިވަނީ 25 އަށް އަރާފައެވެ.
ވީއައިއޭގެ އައު ޓާމިނަލަށް އެންމެ ފަހުން ބަދަލުކޮށްފައިވަނީ ލޯ-ކޯސްޓް ދެ އެއާލައިން ކަމަށްވާ, އެއަރއޭޝިއާ މެލޭޝިޔާ އަދި ތައި އެއަރއޭޝިއާއެވެ. މި ދެ އެއަރލައިނަށް އައު ޓަރމިނަލުން ޚިދުމަތް ދޭން ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.
މީގެ އިތުރުން އޮސްޓްރިއާގެ ގައުމީ އެއަރލައިން, އޮސްޓްރިއަން އެއަރލައިންސްއަށް މިމަހުގެ 15 ވަނަ ދުވަހު އައު ޓަރމިނަލުން ވަނީ ހިދުމަތް ދޭން ފަށާފައެވެ.
މި 3 އެއަރލައިނަށްވެސް އައު ޓަރމިނަލުން ހިދުމަތްދޭން ފެށުން ފާހަގަކުރުމަށް ވީއައިއޭގައި ވަނީ ހާއްސަ ހަފްލާތައް ވަކިވަކިން ބާއްވާފައެވެ. އަދި އެ އެއަރލައިންތަކުން ރާއްޖެއައި ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ. މި ޓަރމިނަލުގެ ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މިއީ އައު ޓަރމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތައާރަފްކުރެވޭ ހިދުމަތެކެވެ.މީގެ އިތުރުން، އައު ޓަރމިނަލުގައި ސީޕްލޭންއަށް ޚާއްސަ 24 ޗެކިން ކައުންޓަރ ޤާއިމް ކުރެވިފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެޕްރީލްއިން ފެށިގެން ވީއައިއޭ އިން ފަތުރުވެރިންނަށް އީގޭޓްގެ ޚިދުމަތް
8 ދުވަސް ކުރިން

މެދު އިރުމަތީގެ ހާލަތާއި ގުޅިގެން ކެންސަލްވެފައިވާ ފްލައިޓުތަކަށް ހާއްސަ ކައުންޓަރުތަކެއް!
13 ދުވަސް ކުރިން

މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލް އިން އިލްތިމާސްކޮށްފި
14 ދުވަސް ކުރިން

ޑޮމެސްޓިކް އޮޕަރޭޝަންތައް ޓާމިނަލް 2 އަށް ބަދަލުވުގެންދިއުމަކީ ކާމިޔާބީއަށް އިތުރުވި ބޮޅެއް: އެމްޑީ ޝަރީފް
22 ދުވަސް ކުރިން


.gif&w=3840&q=75)