logo

އެންސްޕާގެ ބައެއް ހިދުމަތްތައް ވަންގަވްއަށް ބަދަލުކޮށްފި

profile

އައިޝަތު އިނާޝާ - 15 ނޮވެމްބަރު 2025 - 16:07

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ބައެއް ހިދުމަތްތައް ވަންގަވް މެދުވެރިކޮށް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިފިއެވެ.

https://wamco.com.mv/

މިކަމަށްޓަކައި ހާއްސަ ހަފްލާއެއް މިއަދު ބާއްވާފައިވާއިރު، އަސްލު ޓީވީ އަށް މައުލޫމާތު ދެއްވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، އެންސްޕާގެ ބައެއް ހިދުމަތްތައް ވަންގަވް މެދުވެރިކޮށް ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދިޔަ އިރު، އޭގެތެރޭގައި މިއަދު 5 ޕްރޮގްރާމެއް އިފްތިތާހުކުރެވިގެން ދިޔަކަމުގައެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި މުޅި އެންސްޕާގެ ހުރިހައި ހިދުމަތްތަކެއް ޑިޖިޓަލްކުރުން ކަމަށް ވިދާޅުވިއެވެ.

އެންސްޕާގެ ހިދުމަތްތައް ވަންގަވް މެދުވެރިކޮށް ލިބޭނެ އިންތިޒާމްތައްހަމަޖެއްސުމުގެ މައިގަނޑު ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރެއިން ދައުލަތުގެ ހުރިހާ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށަށް ގެނައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ އިތުރުން ރައްޔިތުންނަށް ހިދުމަތް ހޯދުމުގައި އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.

ހިނާ ވިދާޅުވީ މި ހިދުމަތްތައް ދެމުން މިދަނީ ވަރަށް ވަލްނަރަބަލް ކޮމިއުނިޓީއަކަށް ކަމަށާއި އޭގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތެރަޕިއުޓިކް ފަރުވާއަށް ބޭނުންވާ ފަރާތްތަކާއި އެކި ކަހަލަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ހިމެނޭކަމަށެވެ. އެ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ އަވަސް ހިދުމަތެއް ނުލިބުންކަމަށާއި، ނަމަވެސް ވަންގަވް މެދުވެރިކޮށް ޑިޖިޓަލްކޮށް އެންސްޕާގެ ހިދުމަތްތައް ލިބިގެންދިއުމާއެކު މިކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

ހީނާ ވިދާޅުވީ ކުރިއަށްއޮތްތަނުގައި ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި ފޯމް ޕްރޮސެސްކުރާނެ ގޮތުގެ މައުލޫމާތު ދޭނެކަމަށެވެ. އަދި މިހާރު ބައެއް ހިދުމަތްތައް ވަންގަވްއަށް ބަދަލުވިނަމަވެސް ވަރަށް އަވަހަށް ހުރިހައި ހިދުމަތްތަކެއް ވަންގަވް ޕްލެޓްފޯމްއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay