
ޗައިނާ ގުޅިގެން ކުރާ މަސައްކަތުން މުޖުތަމައުއެއް ބިނާކުރުމަށް ދިވެހި ރާއްޖެއަށް ކުރިއެރުންތައް ލިބޭނެ: ފޮރިން މިނިސްޓަރ ހަލީލް

މުޙައްމަދު ފަޟްލޫން - 02 ސެޕްޓެމްބަރު 2025 - 12:28
ޗައިނާ ގުޅިގެން ކުރާ މަސައްކަތުން މުޖުތަމައުއެއް ބިނާކުރުމަށް ދިވެހި ރާއްޖެއަށް ކުރިއެރުންތައް ލިބޭނެ ކަމަށް ފޮރިން މިނިސްޓަރ ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު 11 ދާއިރާއަކުން އެއްބާރުލުން ދިނުމާބެހޭ ފަހުމުނާމާތަކުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފޮރިން މިނިސްޓަރ ޑރ ހަލީލް ވަނީ ޗައިނާ އާއި ރާއްޖެއާއި ދެމެދު ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެގައުމަށް ފައިދާ ކުރާނެ ކަމަށް ވިދާޅުވެފައެވެ.
މިއަދު ރާއްޖެ އާއި ޗައިނާއާ ދެމެދު ކެޕޭސިޓީ ބިލްޑިން، އުމްރާނީ ތަރައްގީ، ފުޑް އެންޑް އެނަޖީ ސެކިއުރިޓީ އަދި މެރިޓައިމް ލޮޖިސްޓިކްސް ފަދަ މުހިންމު ދާއިރާތަކުން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާއިރު ދެގައުމު ގުޅިގެން ކުރާ މަސައްކަތްތަކުގެ ސަބަބުން، މުޖުތަމައެއް ބިނާކުރުމަށް ކުރިއެރުންތައް ލިބިގެންދާނެ ކަމަށް މިނިސްޓަރ ހަލީލް ވިދާޅުވިއެވެ.
ޗައިނާގެ ބެއިޖިންގެ، ވަންގްފުޖިންގް ހިލްޓަން ހޮޓެލްގައި މިއަދު އެއްބަސްވުންތަކުގައި ސޮއިކުރި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އޮފީހުން ބުނީ ރާއްޖެ އާއި ޗައިނާ އާއި ދެމެދު މިއަދު ސޮއިކުރި އެއްބަސްވުންތަކަކީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމާއެކު، ދެމެހެއްޓެނިވި ތަރައްގީއަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ.
ރައީސް، ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން