logo
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އަންނަ އަހަރުގެ ނޮވެމްބަރު މަހު ޕޯޓްގް ހިދުމަތް ތިލަފުށީގައި ފެށޭނެ: ރައީސް

profile

މުޙައްމަދު ފަޟްލޫން - 30 ޖުލައި 2026 - 06:36

ސްޓޭޓް އޮފް ދި އާޓް ޕޯޓެއްގެ ގޮތުގައި، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، އަންނަ އަހަރުގެ ނޮވެންބަރު 11 ގައި އޮޕަރޭޝަނަށް ގެނެވޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.

https://wamco.com.mv/

ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވިޔަފާރި ބަނދަރުގެ ޚިދުމަތްތަކުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށެވެ.

ބާކީ ހުރި މަސައްކަތްތައް ކުރިއަށްދާނީ ތިލަމާލެ ބްރިޖު ނިމޭ ހިސާބުގައި އޮންނަ މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޯރޯ ފެރީ ނުވަތަ ކޮޅުވެއްޓިތައް މެދުވެރިކޮށް ކޮންޓެއިނަރު އުފުލުމުގެ މަސައްކަތްތައް ރޭވިފައިވަނީ މާލޭގެ އެތެރޭގެ ޓްރެފިކަށް ބާރުބޮޑުނުވާނޭ ފަދަ އިންތިޒާމެއްގެ ދަށުންކަން އެމަނިކުފާނު ވިދާޅުވިއެވެ.

މި އައު ޕޯޓުގެ މައިގަނޑު އަސާސަކީ ޑިޖިޓަލައިޒްޑް ނިޒާމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަމިއްލަ ވިޔަފާރިވެރިންނަށް ބޮޑެތި އިނާޔަތްތަކެއް ދީގެން، ތިލަފުއްޓާއި މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ޕޯޓު ސަރަހައްދުގައި ފިހާރަތައް ހުޅުވުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަލަށް ތަރައްޤީކުރެވޭ ވިޔަފާރި ބަނދަރުގެ ހިންގުމުގެ މައިބަދައަކީ ޒަމާނީ ޑިޖިޓަލައިޒޭޝަނާއި އޮޓޮމޭޝަން ކަމަށާއި، މި ނިޒާމުގެ ސަބަބުން މަސައްކަތްތައް ހަލުވިވެ، މުދާ ނެރުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޒަމާނީ ވަސީލަތްތަކާއެކު އޮޕަރޭޝަންތަކަށް އަންނަ މި ހަލުވިކަމަކީ، ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް އޭގެ ސަބަބުން އެންމެ ބޮޑު މަންފާއެއް ކުރާނެ ކަމެއްކަން ވެސް ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk