logo
އީރާނުގެ މަނަވަރުތަކެއް،، ފޮޓޯ: ގަލްފް ޓައިމްސް

އީރާނުގެ މަނަވަރުތަކެއް،، ފޮޓޯ: ގަލްފް ޓައިމްސް

ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ވިސްނުމެއް ނެތް، މަޝްވަރާއަށް އޮތީ ތައްޔާރަށް: އީރާން

profile

އާމިނަތު ޝަޒްލާ - 17 އޮކްޓޯބަރު 2026 - 12:51

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށާއި، މި މައްސަލައިގައި މަޝްވަރާ ކުރުމަށް އެގައުމު އަބަދުވެސް އޮތީ ތައްޔާރަށް ކަމަށް އެގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ގަލްފް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް ޕެޒެޝްކިއާން މިހެން ވިދާޅުވީ އަރުމީނިއާގެ ވެރިރަށް ޔެރެވަންގައި މިހާރު ކުރިއަށްދާ އދ.ގެ ބަޔޯޑައިވަރސިޓީ ސަމިޓްގެ ހަވާސާގައި، ޖޯޖިއާގެ ބޮޑުވަޒީރު އިރަކްލީ ކޮބާޚިދްޒޭއާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

އީރާނުގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ ގައުމުން ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ރައީސް ޕެޒެޝްކިއާން ވަނީ ދޮގުކުރައްވާފައެވެ. އަދި އެ ގައުމުން ނިއުކްލިއާ ހަތިޔާރު ހޯދުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، މިފަދަ ވާހަކަތަކަކީ ބައިނަލްއަގުވާމީ މައިދާނުގައި އީރާނުގެ އަގުވައްޓާލުމަށް ފަތުރަމުންދާ ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޕެޒެޝްކިއާން ވިދާޅުވީ، އެއީ އެއްވެސް އިންސާފެއް ނެތް އަދި ލާއިންސާނީ އަމަލުތަކެއް ކަމަށެވެ. އަދި ބޭރުގެ ފިއްތުންތަކަށް އީރާނުން ދުވަހަކުވެސް ކުކުޅު ނާޅާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

"މަޖުބޫރުކޮށްގެން އަޅުގަނޑުމެން ބޯލަނބުވައި އަމާންދޭން ޖެއްސޭނެ ކަމަށް އެމީހުން ހީކުރި ނަމަވެސް، އެފަދަ އެއްވެސް ފިއްތުމަކަށް އަޅުގަނޑުމެން ބޯނުލަނބާނަން،" ރައީސް ޕެޒެޝްކިއާން ވިދާޅުވިއެވެ.

އެހެންނަމަވެސް، ހަމަހަމަކަމާއި އިހުތިރާމާއެކު މައްސަލަތައް ހައްލުކުރުމަށްޓަކައި ބިނާކުރަނިވި މަޝްވަރާތަކަށް މަރުހަބާ ކިޔުމަށް އީރާން އަބަދުވެސް އޮތީ ތައްޔާރަށް ކަމަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

https://wamco.com.mv/
tel:+9607331319