logo
މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން---

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން---

ބިންތައް އަތުލި މައްސަލައިގައި ސިޓީ ކައުންސިލުން މާލޭ ރައްޔިތުންނާ ބައްދަލުކުރަނީ

profile

ޖިނާން ޙުސައިން ޖަބީން - 01 ނޮވެމްބަރު 2026 - 11:55

މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ދަށުގައިވާ މުހިންމު 14 ބިމެއް ސަރުކާރަށް ނެގުމަށް ނިންމުމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާ މެދު، މާލޭގެ ރައްޔިތުންނާ މަޝްވަރާކުރުމަށް ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް އެ ކައުންސިލުން ނިންމައިފިއެވެ.

https://wamco.com.mv/

މި ހިނގާ މަހުގެ 5 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި މާލެ ސިޓީ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު މާލޭގެ ރައްޔިތުންނަށް ސިޓީ ކައުންސިލުން ވަނީ އަރުވާފައެވެ. ކައުންސިލުން ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވަނީ، ދެފުށް ފެންނަ އަދި މާނަވީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި، މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ބިންތައް ބޭނުންކުރުމާ ގުޅޭ ނިންމުންތައް ސަރުކާރުން ނިންމަމުންދާތީ، އެކަމުގައި ރައްޔިތުންގެ އަޑު އަހައި ހިޔާލު ހޯދުމަކީ މި ބައްދަލުވުމުގެ މައިގަނޑު މަގްސަދު ކަމަށެވެ.

View post on Twitter

ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމުގެ ނަމުގައި މާލޭގެ މުހިންމު 14 ބިމެއް ކައުންސިލްގެ އިހްތިސާސްގެ ދަށުން ވަކިކުރުމަށް ސަރުކާރުން ނިންމީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ނަމަވެސް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، އެ ބިންތަކުގައި ހިންގުމަށް ކަނޑައަޅާފައިވާ އެއްވެސް މަޝްރޫއެއްގެ ތަފްސީލު ސަރުކާރުން މިހާތަނަށް ހިއްސާކޮށްފައި ނުވާކަމަށް ސިޓީ ކައުންސިލުން ފާހަގަކުރެއެވެ. އަދި ސަރުކާރުގެ މި ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދި، ކައުންސިލްގެ ފަރާތުން މިދިޔަ ބުދަ ދުވަހު ވަނީ ސިވިލް ކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް މިފަހުން ގެނައި އިސްލާހުގެ ސަބަބުން ކައުންސިލެއްގެ ބިމެއްގައި ތަރައްގީގެ މަޝްރޫއެއް ހިންގަން ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި، ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން އެ ބިމެއް ވަކިކުރެވިދާނެއެވެ. މި އިސްލާހަކީ އާންމުންގެ މެދުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، "ބިން ފޭރޭ ބިލު" ގެ ގޮތުގައި ސިފަކުރެވުނު އިސްލާހެއްކަން ފާހަގަކޮށްލަންޖެހެއެވެ.

މާލޭގެ މުހިއްމު ބިންތަކެއް ސަރުކާރުގެ ދަށަށް ގެންދިއުމަކީ، ލާމަރުކަޒީ ނިޒާމުގެ އަސާސްތަކާއި މުޅިން ހިލާފު އަދި ރައްޔިތުންގެ މަސަލަޙަތަށް އުނިކަން އަންނާނެ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319