logo
މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުން

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުން

ގާނޫނާ ހިލާފަށް ކައުންސިލްގެ ބިންތައް ސަރުކާރުން ނަގަމުންދާ ކަމަށް މޭޔަރު ޢާޒިމް ވިދާޅުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 06 ނޮވެމްބަރު 2026 - 11:20

މާލެ ސިޓީގެ ދުރުރާސްތާ ތަރައްޤީގެ ޕްލޭން އެކުލަވާލައި، އެ ޕްލޭން ތަންފީޒު ކުރުމުގެ ތައްޔާރީތައް ވަމުންދަނިކޮށް، ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާ ގުޅުވައިގެން ސަރުކާރުން ކައުންސިލުގެ ގިނަ އަދަދެއްގެ ބިންތަކެއް ޤާނޫނާ ޚިލާފަށް އަތުލަން ނިންމާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބުރާސްފަތި ދުވަހުގެ ރޭ މާލެ ސިޓީ ހޯލުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ މާލެ ސިޓީގެ ތަރައްގީގެ ނަމުގައި ކައުންސިލުގެ މިލްކިއްޔާތުގައިވާ ބިންތައް ސަރުކާރަށް ނަގަން ނިންމާފައިވަނީ ޤާނޫނީ އިމުން ބޭރުން ކަމަށެވެ.

ކައުންސިލުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ބިންތައް ވަކިކުރުމުގައި ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާއާތުތަކެއް ހުރި ނަމަވެސް، އެ އުސޫލުތަކަށް ރިޢާޔަތްކުރުމެއް ނެތި ބިންތައް ނަގާނެކަން އަންގާފައިވާތީ، އެ މައްސަލަ މިހާރު ވާނީ ޝަރުޢީ ކޯޓަށް ހުށަހަޅާފައި ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެއިތުރުން، މި ގެނެވުނު ކުއްލި ބަދަލުތަކުގެ ސަބަބުން، 2027 ވަނަ އަހަރާ ހަމައަށް ކައުންސިލަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީގެ ގާތްގަނޑަކަށް 80 އިންސައްތަ ގެއްލިގެންދާނެ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ މިފަދަ ނިންމުންތަކުގެ ސަބަބުން، ކައުންސިލުގެ މައްޗަށް ގާނޫނުން ލާޒިމުކުރާ ޒިންމާތަކާއި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ އިތުރުން، ސިޓީ ކައުންސިލްގެ މެންބަރުންނާއި އިސްވެރިން އަދި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

https://wamco.com.mv/
tel:+9607331319