logo
ރަސްފަންނު ސަރަހައްދު. ރަސްފަންނު ހިމެނޭހެން 14 ބިމެއް ސަރުކާރަށް ނެގުމަށް ވަނީ ނިންމާފައި---

ރަސްފަންނު ސަރަހައްދު. ރަސްފަންނު ހިމެނޭހެން 14 ބިމެއް ސަރުކާރަށް ނެގުމަށް ވަނީ ނިންމާފައި---

ސިޓީ ކައުންސިލުގެ ބިންތައް ސަރުކާރަށް ނަގާ މައްސަލާގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމައިފި

profile

ޖިނާން ޙުސައިން ޖަބީން - 18 ނޮވެމްބަރު 2026 - 13:57

މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި މުހިއްމު 14 ބިމެއް ސަރުކާރަށް ނެގުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.

https://wamco.com.mv/

މިއީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށް ބުނެ، ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ސަރުކާރަށް ނަގަން ހައުސިންގ މިނިސްޓްރީން ނިންމުމުން، އެ ނިންމުމަށް އަމަލުކުރުން މަޑުޖައްސައިލުމަށް އެދި މާލެ ސިޓީ ކައުންސިލުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ހައުސިންގ މިނިސްޓްރީން މިދިޔަ މަހުގެ 15 ވަނަ ދުވަހު ކައުންސިލަށް ފޮނުވި ސިޓީގައި ވަނީ، ރައީސް އޮފީހުގެ އެންގުމަކަށް އެ ބިންތައް ސަރުކާރަށް ނަގަން ނިންމާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ ޝަކުވާ ހުށަހަޅަން 14 ދުވަހުގެ މުއްދަތެއް ވެސް ދީފައިވެއެވެ.

ކައުންސިލުން ކޯޓުގައި ބުނެފައިވަނީ، މިއީ މަހުން މަހަށް ބޮޑު އާމްދަނީއެއް ލިބޭ އަދި އާންމު ހިދުމަތްތަކާ ގުޅިފައިވާ ބިންތަކެއް ކަމަށެވެ. މީގެ އިތުރުން ތިންވަނަ ފަރާތްތަކާ އެކު ގާނޫނީ އެއްބަސްވުންތަކެއް ވެސް ހެދިފައިވާތީ، ކައުންސިލާ މަޝްވަރާކުރުމެއް ނެތި ލާމަރުކަޒީ ގާނޫނާ ހިލާފަށް ބިންތައް ނަގައިފިނަމަ އިޔާދަނުކުރެވޭނެ ބޮޑު މާލީ ގެއްލުމެއް ލިބޭނެ ކަމަށް ވެސް ފާހަގަކުރިއެވެ.

މި ވާހަކަތަކަށް ރައްދު ދެމުން ދައުލަތުން ބުނެފައިވަނީ، ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތަކުގައި ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ތަންތަން ވަކިކުރުމުގެ ބާރު ލާމަރުކަޒީ ގާނޫނުން ވަޒީރުންގެ މަޖިލީހަށް ލިބިދޭ ކަމަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ނިންމީ، މައުލޫއީ ދައުވާއެއް ނެތި ވަގުތީ އަމުރެއް ނެރެދެވޭނީ މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ފަދަ ކުއްލި އަދި ނުރައްކާތެރި ހާލަތެއްގައެވެ. ނަމަވެސް، މިނިސްޓްރީން ސިޓީ ފޮނުވިތާ ގިނަ ދުވަސްތަކެއް ފަހުން މައްސަލަ ހުށަހެޅިއިރު، ދައުވާ ހުށަހެޅުން ލަސްވި މަގުބޫލު ސަބަބެއް ކައުންސިލަށް ދެއްކިފައެއް ނުވެއެވެ. އެހެންކަމުން، މި ވަގުތު އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

https://wamco.com.mv/
tel:+9607331319