
ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރ ފާތިމަތު ޒަހިއްޔާ (ޒާޔާ) "އަސްލުޓީވީން" ގެނެސްދެމުން އަންނަ "ބާބު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރިޝްވާން
ކާބޯތަކެތީގެ އަގު ހުރީ އުޑާއި ހަމައިގަ. ޑޮލަރުގެ ރޭޓު އޮތީ ރޮކެޓް ސްޕީޑްގަ: ޒާޔާ

ރިޟްވާން މޫސާ - 19 އޯގަސްޓު 2026 - 03:58
އާންމު ރައްޔިތުން ކެއިން ބުއިމަށް ބޭނުންކުރާ ތަކެތި ހުރީ އަތްފޯރާ ވަރަށް ވުރެ މާބޮޑަށް މަތީގައި ކަމަށާއި، ޑޮލަރުގެ ރޭޓު ހުރީ ގަންނަން ލިބޭ މިންވަރަށް ވުރެ މާ ބޮޑު ރޭޓު ތަކެއް މަތީގައި ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރ ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވެއްޖެ އެވެ.
"އަސްލުޓީވީން" ގެނެސްދެމުން އަންނަ "ބާބު" ޕްރޮގްރާމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޒާޔާ ވިދާޅުވީ ސަރުކާރުން ރައްޔިތުންނާއި މެދު މިއަދު ވިސްނަވަން ޖެހޭ ކަމަށެވެ.
ޒާޔާ ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ބޭނުންތެރި ކަންކަން ކޮށްދެއްވަން ޖެހޭ ކަމަށާއި، ރައްޔިތުންނަށް ފައިދާހުރި ގޮތް ނޫން އެހެން ކަންކަމުން ސަރުކާރެއް އޮތުމަކީ އެއްވެސް ބުރަދަނެއް ހުރި ބޭނުންތެރި ކަމެއް ނޫން ކަމަށެވެ.
ޕްރޮގްރާމުގައި ތަކެތީގެ އަގު މިއަދު ލިބެންހުރީ ވަރަށް ވެސް އަތް ނުފޯރާ އަގެއްގައި ކަން ފާހަގަކުރައްވަމުން މަޖާޒީ ގޮތެއްގައި ޒާޔާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޒާޔާ ވިދާޅުވީ "ތަކެތީގެ އަގު މިއަދު ހުރީ އުޑާއި، ހަމައިގައި" ކަމަށެވެ. އަދި ރައްޔިތުންނަށް މިއަދު ޑޮލަރުގެ ދަތިކަން އޮތްކަން ފާހަގަ ކުރައްވަމުން ޒާޔާ ވިދާޅުވީ "ޑޮލަރުގެ އަގު ރޭޓު އަރަމުންގޮސް މިއަދު ޑޮލަރުގެ އަގު ހުރީ ރޮކެޓް ސްޕީޑުގައި" ކަމަށެވެ.
މި ސަރުކާރަށް ފާޑުވިދާޅުވެލައްވަމުން ޒާޔާ ވަނީ މި ސަރުކާރުގެ ކޮރޮޕްޝަނާއި ވައްކަމާއި، އިސްރާފުވެސް އިތރުރު ވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ މި ކަންކަމުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ ޑޮލަރު ވެސް ލިބުން ދަތިވަނީ ކަމަށެވެ.
ޒާޔާ ވިދާޅުވީ މި ހުރިހައި ކަމަކުން ވެސް ފެނިގެންދަނީ މިއަދު ރާއްޖޭގެ ވެރިއަކަށް ހުރި މީހަކީ ނާގާބިލް ވެރިއެއްގެ ގޮތުގައި ފެނުން ކަމަށެވެ. ޒާޔާ ވަނީ ރައީސް ޑރ.މުއިއްޒުގެ ވެރިކަމުގައި ވެސް ހިންގަވަނީ ކޮރޮޕްޝަން ކަމަށާއި، މީގެ ކުރިން ރައީސް ޑރ.މުއިއްޒު މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި އިރުގައި ވެސް ހިންގެވީ ކޮރޮޕްޝަން ކަމަށް ވިދާޅުވެ ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ޖެންޑާ އިން ތުއްތު ކުއްޖާ ނެގި މައްސަލަ ދަނީ ދިރާސާ ކުރަމުން: އެޗްއާރުސީއެމް
4 ގަޑިއިރު ކުރިން
ޖަލުތަކަށް ވައްދާ ސިމްކާޑުތަކުގެ ވެރިންނަށް ފިޔަވަޅު އަޅަނީ
5 ގަޑިއިރު ކުރިން

ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ބޮޑު ސަރަހައްދަކުން ފެން ކަނޑާލައިފި!
5 ގަޑިއިރު ކުރިން

ޖިންސީ ގޯނާކުރިކަމަށް ބުނާ ޓީޗަރު 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި!
5 ގަޑިއިރު ކުރިން


