logo
އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން

އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން

ރާއްޖެއާއި ސަރބިއާއި ދެމެދު ސީދާ ދަތުރުުތައް ފެށުން ހިމެނޭހެން 4 އެއްބަސްވުމެއްގައި ސޮއިކޮށްފި

profile

އައިޝަތު ޔާނިއާ - 10 މޭ 2023 - 05:25

ފޮރިން މިނިސްޓާރ އަބްދުﷲ ޝާހިދް ސާބިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރާއްޖެއާއި ސަރބިއާއާއި ދެމެދު ސީދާ ވައިގެ ދަތުރުފަތުރުކުރުމާއި، އިޤްތިޞާދާއި، ޑިޕްލޮމެޓިކް ތަޢުލީމީ ދާއިރާ ހިމެނޭހެން މުހިންމު 4 ދާއިރާއަކުން އެއްބަސްވުން އެކުލަވާލައި އެއްބަސްވުމުގައި ސޮއި ކުރައްވައިފިއެެވެ.

https://wamco.com.mv/

ރާއްޖެއާއި ސާބިއާ އާއި ދެމެދު ސޮއި ކުރެއްވި އެއްބަސްވުންތައް:

1. އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުން

2. ވައިގެ ޚިދުމަތުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން

3. ޑިޕްލޮމެޓިކް ތަޢުލީމުގެ ރޮނގުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން

4. ކުޅިވަރުގެ ދާއިރާއިން ދެޤައުމުގެ ދެމެދު ގުޅުން ޤާއިމްކުރުމުގެ އެއްބަސްވުން

ފޮރިން މިނިސްޓަރ ސަރބިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ސާރބިއާގެ ފޮރިން މިނިސްޓަރ އިވިކާ ޑާޗިޗް އައިވެސް ބައްދަލުކުރައްވާ ދެޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ.

މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ސާރބިއާއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީންކުރައްވާކަމަށް މިނިސްޓަރ ފާހަގަ ކުރައްވާފައި ވެއެވެ.


https://wamco.com.mv/
https://www.aslu.com.mv